ENGLISH

18 މޭ 2025

Advertisement

ޒަމާނީ ފެންވަރަށް ތަރައްގީކުރާ، މާލޭ އާ މަސްމާރުކޭޓުގެ މަސައްކަތް ޖުލައިމަހު ފަށަނީ

03 މޭ 2025

|

ފަޒީލް ޢަބްދުލް ލަތީފު

މާލެ މަސްމާރުކޭޓް-ފޮޓޯ:ބޮބްޕިގޯ.އޯގް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަމުގައި ހުންނެވިއިރު ކުރިޔަށްގެންދަން މަސައްކަތް ކުރެއްވި، ޒަމާނީ ފެންވަރަށްތަރައްގީ ކުރާ މާލޭ އާ މަސްމާރުކޭޓު އެޅުމުގެ މަޝްރޫއު އަންނަ ޖުލައި މަހު ފެށޭނެކަމުގެ ޔަގީންކަން ސިޓީ ކައުންސިލުން ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މާލޭ މަސްމާރުކޭޓުގެ މަސައްކަތަކީ އެމަނިކުފާނު މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވިއިރު ކުރަން ނިންމާފައިވާ މަސައްކަތެއްކަމަށާއި އެކި ސަބަބުތަކާހުރެ އޭރު އެމަސައްކަތް ފެށީފައިނުވާކަމަށް ރައީސް ވިދާޅުވެފައިވެއެެވެ. ނަމަވެސް މިސަރުކާރުން އަދިވެސް ބޭނުންވަނީ މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން މިމަސައްކަތް ކުރުމަށްކަމަސްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"ސަރުކާރުން އެކަމަށް ދޭންޖެހޭ ހުރިހައި އެއްބާރުލުމެއް ދީގެން އިރާދަކުރެއްވިއްޔާ ސިޓީ ކައުންސިލް ލައްވާ ބޭނުންވަނީ އޭރު ސޮއިކުރިގޮތަށް، ކައުސިލް ކްލައެންޓް ގޮތުގައި ބާއްވައިގެން ކުރިޔަށްގެންދަން" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އެންމެ ޒަމާނީފެނަވަރަށް ހަތަރުބުރިޔަށް އިމާރާތްކުރުމަށް ނިންމާފައިވާ މާލޭ އާ މަސްމާރުކޭޓު އިމާރާތުގެ އެންމެ ތިރި ހާއްސަކޮށްފައިވަނީ މަސްމާރުކޭޓަށެވެ. ފުރަތަމަ ފަންގިފިލާ އަދި ދެވަނަ ފަންގިފިލާ ހާއްސަކުރެވިފައިވަނީ ކާބޯތަކެތި ވިއްކާފަރާތްތަކަށެެވެ. ކާބީތަކެތި ވިއްކުމުގެ އިތުރުން އެންމެ މަތީބައިގައި އެހެން ވިޔަފާރިތަކަށްވެސް ފުރުސަތު ލިބިގެންދާނެއެވެ.

މަސްވެރިކަމުގެ ދާއިރާއިން މުހިންމު ގިނަ މަޝްރޫއުތަކެއް ސަރުކާރުން މިހާރުވެސް ހިންގަމުންދެއެވެ. މީގެ އިތުރުން މި އަހަރާ އަންނަ އަހަރު މަސްވެރިކަމުގެ ދާއިރާއިން 30 މަޝްރޫއެއް ފެށިގެންދާނެކަމަށް ރައީސް ހާމަކުރައްވާފައިވެއެެވެ.

ކިޔުންތެރިންގެ ހިޔާލު