ENGLISH

06 ޖުލައި 2025

Advertisement

އެއް އަހަރުތެރޭ އެންމެ ގިނަ މިސްކިތް އިމާރާތްކުރެވިގެންދާނީ މިއަހަރު: ރައީސް

03 މޭ 2025

|

ޢަލީ ޝަހީމް

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދައްކަވަނީ. އިސްލާމްދީނުގެ ދާއިރާގެ ގިނަ މަޝްރޫޢުތަކެއް ދަނީ ކުރިއަށް. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ތާރީހުގައި އެއް އަހަރެއްތެރޭ އެންމެ ގިނަ މިސްކިތް އިމާރާތްކުރެވިގެންދާނީ މި ހިނގާ 2025 ވަނަ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މުޅި ރާއްޖޭގައި މިސްކިތް ބިނާކުރުމުގެ 21 މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި، މިސްކިތް އެޅުމުގެ އިތުރު 17 މަޝްރޫޢު ހިންގުމަށް މިހާރު ސޮއިކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިސްކިތް ބިނާކުރުމުގެ ޖުމްލަ 38 މަޝްރޫޢު މިހާރު ކުރިއަށްދެއެވެ.

"މިހާރު މިގޮތަށް ކުރިއަށްދާ މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި ގިނަ މަޝްރޫޢުތަކެއް ނިމި މިއަންނަ އަހަރު ތެރޭގައި ބާކީ މަޝްރޫޢުތައް ނިމިގެންދާނެ. މިއީ އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މިސްކިތް އިމާރާތްކުރެވޭ އަހަރަށް (2025) ވެގެންއެބަދޭ" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވާ ރަށްތައް؛

ހއ. ބާރަށް، ހދ. ހަނިމާދޫ، ހއ. ދިއްދޫ، ށ. ފޯކައިދޫ، ހދ. ނެއްލައިދޫ، ށ. މިލަންދޫ، ށ. ނޫމަރާ، ރ. އިނގުރައިދޫ، ބ. ކެންދޫ، ނ. ހެނބަދޫ، ނ. މަނަދޫ، ޅ. ކުރެންދޫ، ބ. ކުޑަރިކިލު، ބ. މާޅޮސް، ޅ. އޮޅުވެލިފުށި، އއ. ފެރިދޫ، އއ. މާޅޮސް، އއ. ހިމަންދޫ، އދ. ދިގުރަށް، ފ. ނިލަންދޫ، ތ. ކަނޑޫދޫ، ތ. ހިރިލަންދޫ، ތ. ވަންދޫ، ތ. ވޭމަންޑޫ، ލ. މާބައިދޫ، ތ. ދިޔަމިގިލި، ދ. ހުޅުދެލި، ލ. އިސްދޫ، ލ. ގަން، ގއ. ކޮނޑޭ، ސ. ހިތަދޫ، ސ. މަރަދޫ، ސ. ފޭދޫ، ފުވައްމުލައް ސިޓި، ސ. މީދޫ އަދި ސ. ހުޅުދޫ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ މިސްކިތްތައް އެޅުމުގެ މަޝްރޫޢުތަކުގެ އިތުރުން އިސްލާމިކް ސެންޓަރުތަކާއެކު، އެ ދާއިރާއިން ކަނޑައަޅާފައިވާ އެހެނިހެން މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްތަކުގެ މަޢުލޫމާތުވެސް ހާމަކުރައްވާފައެވެ.

އިސްލާމްދީނުގެ ދާއިރާއިން މަޝްރޫޢުތައް ޕްލޭންކުރެވިފައިވާ ރަށްތައް؛  

ށ. މާއުނގޫދޫ، ހއ. އުތީމު، ހއ. އިހަވަންދޫ، ހއ. ހޯރަފުށި، ގއ. ވިލިނގިލި، ޅ. ނައިފަރު، ހއ. މުރައިދޫ، ރ. މީދޫ، ބ. ދަރަވަންދޫ، ކ. ގުޅި، އއ. މަތިވެރި، އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ދ. ރިނބުދޫ، ގއ. ގެމަނަފުށި، ގދ. ފަރެސްމަތޮޑާ، ގދ. ހޯނޑެއްދޫ، ގދ. މަޑަވެލި އަދި ގދ. ނަޑެއްލާ އެވެ.

މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުގެ އިތުރުން މާލެ ސަރަޙައްދުގައި އެޅުމަށް ނިންމާފައިވާ ވަޤުފު އިންވެސްޓްމަންޓުތަކުގެ ތަފްޞީލްވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ދެއްވާފައެވެ. އެގޮތުން؛

ކީރިތި ޤުރުއާނާބެހޭ ޚާއްޞަ ވަޤުފު އިމާރާތް އެޅުމަށް ނިންމާފައިވަނީ ރަސްފަންނު ކައިރީގައި އޮންނަ ހުސް ބިމުގައެވެ. އެ ސަރަހައްދުން މިހާރު 10،000 އަކަފޫޓޫ ކަނޑައަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ހުޅުމާލެ ފޭސް އެކެއްގައި އަޅަން ނިންމާފައިވާ "ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސް" އާދި މާލޭގައި އިމާރާތްކުރާ "ދާރުލްއަރްޤަމް" އިމާރާތް އޮތީ މިހާރު ޕްރީ ޓެންޑަރިންގެ މަރުހަލާގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު