ENGLISH
27 ޖުލައި 2026
ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް 2029 ވަނަ އަހަރުގެ ޤަޟާޢީ އަހަރަށް ނިންމަނީ
27 ޖުލައި 2026
|
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އާ އިމާރާތް ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް.
އެންމެ މަޤްބޫލު
ހުޅުމާލޭގައި "މާލޭ ކޯޓް ކޮމްޕްލެކްސް" ހެދުމުގެ މަޝްރޫޢު ނިންމައި 2029 ވަނަ އަހަރުގެ ގަޟާއީ އަހަރު ފަށާނީ އެ އިމާރާތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިކަން އެމަނިކުފާނު ހާމަކުރައްވާފައި ވަނީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޝަރުއީ ދާއިރާގެ މިނިވަންކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރިން ޝަރުއީ ދާއިރާގެ އެކި ކަންކަމުގައި ސީދާ ރައީސް އޮފީހުން ކޯޓުތަކަށް އޯޑަރުދާކަމަށެވެ. ނަމަވެސް އެކަން އެމަނިކުފާނުގެ މި ޒައާމަތުގައި ނިމުމަކަށް ގެންނެވިކަމަށާއި މިހާރު އެއްވެސް ފަނޑިޔާރަކަށް އެމަނިކުފާނު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައޭ ވިދާޅުނުވެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ޝަރުއީ ދާއިރާގެ މިނިވަންކަމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ފައިސާގެ މައްސަލަތައްކަން ފާހަގަވުމާއެކު މި މައްސަލަ ހައްލުކުރުމަށް އެ ދާއިރާއަށް ވަކި ބަޖެތެއް ހަމަޖައްސަވާދެއްވައި، އެ ބަޖެޓު ބޮޑުކޮށްދެއްވީ މި ސަރުކާރުންކަން ރައީސް ފާހަގަކުރެއްވިއެވެ. އެންމެ ގިނަ މައްސަލަތައް ފުނިޖެހިފައިހުރި ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓުގެ ޖާގަ އިތުރުކޮށްދިނީވެސް މި ސަރުކާރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"25 ޖުލައި 2026 ގައި މިއަދާ ހަމައަށް ކޮންމެ ސަރުކާރަކުން ކުރަންކުރަން ކިޔާފައި އެކަމަކު ނުކޮށް އޮތް ސުޕީރިއާ ކޯޓް ކޮމްޕްލެކްސް އަޅަން އިއްޔެ ވާނީ އެމްޓީސީސީއާއެކު އެގްރީމަންޓް ހަދާފައި، މިއީ 720 ދުވަހުގެ އެގްރީމެންޓެއް، އިރާދަކުރެއްވިއްޔާ އެންމެ ލަސްވެގެން 2029 ވަނަ އަހަރުގެ ގަޟާއީ އަހަރު ފަށާނީ ސުޕީރިއާ ކޯޓް ކޮމްޕްލެކްސްގައި، ޝަރުއީ ދާއިރާ ހަގީގީ މާނައިގައި އަޅުގަނޑުމެން މި މިނިވަންކޮށްދެނީ،" ރައީސް ވިދާޅުވިއެވެ.
ހުޅުމާލޭގައި "މާލޭ ކޯޓް ކޮމްޕްލެކްސް" އެޅުމުގެ މަޝްރޫއުގެ ދަށުން، 29,490 އަކަފޫޓުގެ ސަރަހައްދެއްގައި 14 ފަންގިފިލާގެ އިމާރާތެއް ބިނާކުރާނެއެވެ. އަދި މި އިމާރަތުގެ ތެރޭގައި ސިވިލް ކޯޓު، ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު، ޖުވެނައިލް ކޯޓު،ފެމިލީ ކޯޓު،ހައި ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އޮފީސްތައް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫޢަކީ ޖުމްލަ 699.86 މިލިއަން ރުފިޔާ އަށް 720 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ހުޅުމާލޭގައި މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކޮށް ނިމުމާއެކު،ޝަރުއީ ނިޒާމުގެ ތެރެއިން ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.