ENGLISH
27 ޖުލައި 2026
މޫސުން ގޯސްވެ ކަނޑުދަތުރުކުރާ މީހުން ސަމާލުވުމަށް އިލްތިމާސްކޮށްފި
27 ޖުލައި 2026
|
ކަނޑުގަދަ ދުވަހެއްގައި ދޯންޏެއް ދުއްވަނީ، ފޮޓޯ: ސަން
އެންމެ މަޤްބޫލު
މި ދުވަސްވަރަކީ މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާ ދުވަސްވަރަކަށްވާތީ ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ހާއްސަ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް އުދަ އަރާނެކަމަށް ލަފާކޮށްފައެވެ. މި ސަމާލާއެކު ފުލުހުން ވަނީ މޫސުން ގޯސްވެ ކަނޑު ގަދަވުމާއި ގުޅިގެން ކަނޑުދަތުރަށް ފުރުމުގެ ކުރިން ބައެއްކަންކަމަށް ސަމާލުކަން ދިނުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
ކަނޑުދަތުރަށް ފުރުމުގެ ކުރިން ސަމާލުވާންވީ ކަންކަން:
* މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއި މޫސުމީ ސަމާލުތަކާ އެއްގޮތަށް އަމަލުކުރުން.
* އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުން.
* އުޅަނދަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުން.
* އުޅަނދުން ދަތުރުކުރާ އެންމެންވެސް ލައިފް ޖެކެޓް އަޅައިގެން ތިބުން.
* ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުން.
* އެމާޖެންސީ ހާލަތުގައި ގުޅާނެ ނަންބަރުތައް ފެންނާނޭހެން އުޅަނދުގައި ބެހެއްޓުން.
ފުލުހުންގެ އިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާއިންވެސް ވަނީ މޫސުމަށް ސަމާލުވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.