ENGLISH
06 ޖުލައި 2025
އިޒްރޭލް ޕާސްޕޯޓް މަނާކުރުމަކީ ފަޚުރުވެރިކަމާއެކު ނިންނި ނިންމުމެއް: ރައީސް
03 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
އިޒްރޭލް ޕާސްޕޯޓް މަނާކުރުމަކީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ފަޚުރުވެރި ނިންމުމެއް ކަމަށް ރައީސުލްޖުމްހޫެރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އިޒްރޭލް ޕާސްޕޯޓް މަނާކުރަން ނިންމި ނިންމުމަކީ ފަޚުރުވެރިކަމާއެކު ނިންމި ނިންމުމެއް ކަމަށެވެ.
"ޖެނޮސައިޑެއް ހިންގަމުންދާއިރު އެ އެޓްރޯސިޓީސްތަކާ ދެކޮޅަށް ފަލަސްތީން ރައްޔިތުންގެ ހައްގުގަ ދިވެހި ހުރިހާ ރައްޔިތުންގެ ފަރާތުން ސަރުކާރުން ނިންމި މުހިއްމު ނިންމުމެއް މިއީ. އަޅުގަނޑުމެންގެ ގައުމު ކުޑަވެދާނެ. އެހެންނަމަވެސް 100 އިންސައްތަ އިސްލާމީ ގައުމެއް، އަޅުގަނޑުމެން އެކަމާ ދެކޮޅުކަން އަޅުގަނޑުމެން ހާމަކުރީ. އެކަން އެގޮތުގަ ދެމިއޮންނާނެ. " - ރައީސުލްޖުމްހޫެރިއްޔާ ޑރ. މުހައްމަދު މުއިއްޒު
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ކުރެއްވީ އޭޕްރީލް 15 ވަނަ ދުވަހު އެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން މަޖިލީހުން ފާސްކޮށްފައި މި ވަނީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލަތާ ގުޅިގެންނެވެ. އެ ހަމަލާތައް ވަގުތުން ހުއްޓުވައި ދިނުމަށް ރާއްޖޭން އަންނަނީ ދުނިޔެއަށް ގޮވާލަމުންނެވެ.