ENGLISH

06 ޖުލައި 2025

Advertisement

އެމްޑީޕީގެ ވެރިކަމުގައި 13 ދަރަޖަ ފަހަތަށް ސޮއްސާލާފައި އޮތުމަށް ފަހު ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ދެ ދަރަޖަ ކުރިއަށް

02 މޭ 2025

|

އަޙުމަދު ޙަމީދު

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި 13 ދަރަޖަ ފަހަތަށް ސޮއްސާލާފައި އޮތުމަށް ފަހު ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ދެ ދެރަޖަ ކުރިއަށް ޖެހިލައިފި އެވެ.

ރިޕޯޓާސް ވިތްއައުޓް ބޯޑާސް އިން ދުނިޔޭގެ ދުނިޔޭގެ 180 ގައުމުގެ ނޫސްވެރިކަމުގެ މިނިވަންކަން ބަލައި، ނެރޭ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ވާގޮތުން ރާއްޖެ މިހާރު އޮތީ 106 ވަނާގަ އެވެ. ކުރީން އޮތީ 108 ވަނާގަ އެވެ.

އެއީ ކުރީން އޮތް ދަރަޖައަށް ވުރެ ދެ ދަރަޖައިގެ ކުރިއެރުމެކެވެ. ނިމިދިޔަ އެެމްްޑީޕީގެ ސަރުކާރުގައި 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ޖުމްލަ 13 ދަރަޖަ ވަނީ ސޮއްސާލާފަ އެވެ. 

ނޫސްވެރީންނަށް މިނިވަންކަން ދިނުމާއި ވީހާވެސް ހާމަކަން ބޮޑު ގޮތެެއްގައި މައުލޫމާތު ފެތުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް އަބަދުވެސް ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި މުއައްސަސާތަކަށް އެމަނިކުފާނު ދަނީ ރައްޔިތުންނަށް ސާފު މައުލޫމާތު ވީހާާވެސް އަވަހަށް ފޯރުކޮށް ދިނުމަށް ޚާއްސަ އިސްކަމެއް ދިނުމަށް އިލްތިމާސް ކުރައްވަމުންނެވެ.

އެކަން އެ މަގުން ކުރުމަށް މުއައްސަސާތަކުން އަމަލު ކުރާ އުސޫލުތަކަށް ބަދަލު ގެންނެވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންފައިވެ އެވެ.

މައުލޫމާތު ހާމަކުރުން އިތުރުކުރެއްވުމަށް ސީދާ ރައީސް މުޢިއްޒުގެ އިސްނެންގެވުމަށް މީގެ ކުރީން އެހެން ވެރިއަކު ކުރައްވާފައި ނުވާ އެތައް ކަމެއް އެމަނިކުފާނު ގެންދަވަނީ ކުރައްވަމުންނެވެ. ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެކެވެ. އެ މަނިކުފާނުގެ ސަރުކާރުގެ އެކި ވުޒާރާތަކުންވެސް ސިލްސިލާ ގޮތެއްގައި ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށް ގެންދަވާއިރު، ޚުދު ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުތައްވެސް އެކި ވަޞީލަތްތަކާއި މީސް މީޑިއާގެ އެކި މަންސަތަކުގައި ގެންދަވަނީ ހިއްސާ ކުރައްވަމުންނެވެ. މިފަދައިން މަޢުލޫމާތު ހިއްސާ ކުރައްވާއިރު، ހުރިހާ ޢުމުރަކަށްވެސް ސަމާލުކަންދެއްވައިގެން، އެ ޢުމުރުފުރާތަކަށް ޚާއްޞަ ކުރައްވައިގެން ގުޅުން ބަދަހި ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު