ENGLISH
06 ޖުލައި 2025
ބުރުނު ބޮމަ ބައިނަލްއަޤްވާމީ މަސްވެރިކަމުގެ މުބާރާތް ފަށައިފި
02 މޭ 2025
|
ބައިނަލްއަޤްވާމީ ކުޅިވަރުގެ މަސްވެރިކަމުގެ މުބާރާތް
ވިޒިޓް މޯލްޑިވްސް ކްލަބުން އިންތިޒާމްކޮށްގެން މޭ 2 ން 4 އަށް ކުރިއަށްގެންދާ ތިން ދުވަހުގެ ފޯރިގަދަ ބައިނަލްއަޤްވާމީ ކުޅިވަރުގެ މަސްވެރިކަމުގެ މުބާރާތް ރޭ ފަތިހު 5 ޖެހިއިރު ފަށައިފި އެވެ.
މިއީ ރާއްޖޭގައި ދުނިޔޭގެ ފެންވަރުގައި ބޭއްވޭ މަސްވެރިކަމުގެ މުބާރާތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް މުބާރާތެވެ. މި އަހަރުގެ މުބާރާތުގައި ބޭރުގެ އޭންގްލާސް ހިމެނޭހެން ރާއްޖޭގެ ވަރުގަދަ 8 ޓީމު އަދި ދުބާއީގެ 1 ޓީމް ވަނީ ބައިވެރިވެފައެވެ.
ރާއްޖޭގެ އެންވެރިކަން ރަނގަޅު އެކި ސަރަހައްދުތަކަށް ދަތުރުކޮށް މި 9 ޓީމުން ރޭގެ ފަތިހު 5 ޖެހިއިރު ވަނީ މަސްވެރިކަން ފަށާފަ އެވެ. ބުރުނުބޮމަ މުބާރާތުގައި މަސްވެރިކަން ކުރުމަށް ކަނޑައެޅިފައިވާ ރަސްމީ ގަޑިއަކީ މުބާރާތް ކުރިއަށްދާ ކޮންމެ ދުވަހެެއްގެ ފަތިހު 5 ން އިރުއޮއްސި 6:30 އަށެވެ.
ފޯރިގަދަކޮށް ބުރުނުބޮމަ ފެށިގެން ކުރިއަށްދާއިރު, ޓީމުތަކުން މިހާތަނަށްވެސް ވަނީ ބޮޑެތި މަސްތަކެއް ބާނާފައެވެ. އޭގެ ތެރޭގައި މުބާރާތުގެ ޓާގެޓް މަސްތަކުގެ ތެރެއިން ފަންގަނޑު ހިބަރާއި, ފިޔަލަ އަދި ކަންނެލި ބާނާ ވީޑިއޯ ޓީމުތަކުން އަންނަނީ ހިއްސާކުރަމުންނެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުގެ ފުރިހަމަ ޒަމާނީ އުޅަނދުފަހަރުތަކާއި މަސްވެރިކަމަށް ބޭނުންކުރާ އެންމެ ޒަމާނީ އާލާތްތަކުން ރާއްޖޭގައި ކުޅިވަރު މަސްވެރިކަން ކުރިއަރާފައިވާ މިންވަރާއި މިކަމުގެ ކުރިމަގު ވަރަށް ރަނގަޅަށް އަންނަނީ ދައްކުވައިދެމުންނެވެ.
ޓީމުތަކުން މަސްބޭނުމުގެ މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައެވެ. ބައެއް ޓީމުތައް ރާއްޖޭގެ އެންމެ އުތުރު އަތޮޅުތަކުގައި ވެސް އަންނަނީ މަސްވެރިކަން ކުރަމުންނެވެ.
"ބުރުނު ބޮމައިގެ އެންމެ ހާއްސަކަމަކީ ކުޅިވަރު މަސްވެރިކަމުގައި ބައިނަލްއަޤްވާމީ މުބާރާތްތަކުގައިވެސް ގެންގުޅޭ 'ކެޗް އެންޑް ރިލީޒް'ގެ އުކުޅުތަކަށް އިސްކަންދޭކަން. މިއީ ރާއްޖޭގެ ޒަމާންވީ ދެމެހެއްޓެނިވި މަސްވެރިކަމަށް ތައާރަފްކުރެވޭ އިތުރު ބޮޅަކަށް ވާނެ. އަޅުގަނޑުމެންގެ އުންމީދަކީ މިފަދަ މުހިންމު އުކުޅުތަކާއެކު މުޅި ދުނިޔެއަށް ރާއްޖެއަކީ އެންމެ ދެމެހެއްޓެނިވި ކުޅިވަރު މަސްވެރިކަމުގެ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުން" ވިޒިޓް މޯލްޑިވްސް ކްލަބުގެ ރައީސް އަޙްމަދު ސާއިފް ވިދާޅުވި އެވެ.
ބުރުނުބޮމަ މުބާރާތުގެ މަސްވެރިކަން ނިމޭނީ މޭ 4 ގެ 6:30 ގައެވެ. އަދި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 6 ގައެވެ.