ENGLISH
18 މޭ 2025
ރައީސްގެ އަނބިކަނބަލުންގެ އަރިހަށް މަރކް ފައުންޑޭޝަންގެ މަންދޫބުން ޒިޔާރަތްކުރެއްވުން
02 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ އަރިހަށް، މެރކް ފައުންޑޭޝަންގެ ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަން އަދި އީ. މެރކް ކޭ.ޖީ ގެ އެގްޒެކެޓިވް ބޯޑުގެ ޗެއާމަން ޕްރޮފެސަރ ޑޮކްޓަރ ފްރޭންކް ސްޓަންގެންބަރގް ހަވަރކެމްޕް އާއި މެރކް ފައުންޑޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސެނެޓަރ ޑޮކްޓަރ ރަޝާ ކެލެޖް، ޒިޔާރަތްކުރައްވައިފި. މި ބައްދަލުވުމުގައި ޕްރޮފެސަރ ޑޮކްޓަރ ސްޓަންގެންބަރގް ހަވަރކެމްޕް އާއި ސެނެޓަރ ޑޮކްޓަރ ކެލެޖް ވަނީ، މެރކް ފައުންޑޭޝަން މެދުވެރިވެގެން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ކުރިއެރުވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއެކު ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ. އެގޮތުން ވަކި ދާއިރާތަކުން ޚާއްޞަވުމަށް ޑޮކްޓަރުން ހޯދަންޖެހޭ ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ސްކޮލަޝިޕްގެ ފުރުޞަތުތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވޭ. މި މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ރާއްޖޭގެ ސިއްޙީ ދާއިރާއާ ގުޅުންހުރި މަޢުލޫމާތުތައް ހިއްސާކުރައްވައި ޞިއްޙީ ނިޒާމު ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފަ.