ENGLISH

06 ޖުލައި 2025

Advertisement

ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުން ހުއްދަ ސަރަހައްދުތައް އިތުރުކޮށްފި

02 މޭ 2025

|

އަޙުމަދު ޙަމީދު

ކުރީން އޮތް މުޒާހާރާއެއް -- ފައިލް ފޮޓޯ: މިހާރު

ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުން ހުއްދަ ސަރަހައްދުތައް އިތުރުކޮށް ގެޒެޓް ކޮށްފި އެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިއަދު ވަނީ ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުން ހުއްދަ ސަރަހައްދުތައް ކަނޑައެޅުމާ ގުޅޭ އިޢުލާނެއް އާންމުކޮށްފަ އެވެ.

އެ އިޢުލާނުގައި ބުނެފައި ވަނީ ޞުލްޙަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުން މިހާރު ކަނޑައަޅާފައިވަނީ އެންމެ ސަރަހައްދެއް ކަމުގައި ވާތީ، މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނެ ސަރަހައްދުތަކުގެ ގޮތުގައި އިތުރު ތަންތަން ކަނޑައަޅާ އިޢުލާނު ކުރާ ކަމަށެވެ.

އެ ސަރަހައްދުތަކަކީ:

  1. ހެންވޭރު ކާނިވާ ސަރަހައްދު
  2. ރަސްފަންނު ސަރަހައްދު
  3. މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)
  4. އުސްފަސްގަނޑު ސަރަހައްދު 

ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ މާލޭގައި އެއްވެވޭނެ ތަންތަން ކަނޑައަޅާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. އެ ޤާނޫނަށް މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު