ENGLISH
18 މޭ 2025
ވޯލްޑް ޓްރެވަލް އެވޯޑްސް 2025 ގެ ފަސް ކެޓަގަރީއަކަށް މޯލްޑިވިއަން ނޮމިނޭޓްވެއްޖެ
02 މޭ 2025
|
މޯލްޑިވިއަންގެ ބޯޓެއް. ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފަސް ކެޓަގަރީއަކަށް އެކުންފުނި ވަނީ ނޮމިނޭޓްވެފައި. ފޮޓޯ: މޯލްޑިވިއަން
ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދެމުން އަންނަ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފަސް ކެޓެގަރީއަކަށް ގައުމީ އެއާލައިން، މޯލްޑިވިއަން ނޮމިނޭޓްވެއްޖެއެވެ.
މޯލްޑިވިއަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓުގައި ބުނީ، އެވޯޑަށް އެ ކުންފުނި ނޮމިނޭޓްވުމަކީ ލިބޭ ޝަރަފެއް ކަމަށެވެ.
މޯލްޑިވިއަން ނޮމިނޭޓްވެފައިވާ އެއް ދާއިރާއަކީ އިންޑިއަން އޯޝަންގެ ލީޑިން އެއާލައިންގެ ކެޓެގަރީއެވެ. އޭގެ އިތުރުން ލީޑިން އެއާލައިންގެ ބިޒްނަސް ކްލާސް އަދި އިކޮނޮމީ ކްލާސް ކެޓަގަރީއިން ވެސް ވަނީ ނޮމިނޭޓްވެފައެވެ. މޯލްޑިވިއަން ނޮމިނޭޓްވި އަނެއް ދެ ދާއިރާއަކީ ލީޑިން އެއާލައިން ބްރޭންޑާއި ލީޑިން ކެބިން ކްރޫގެ ކެޓަގަރީއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް މިދިޔަ އަހަރުވެސް ވަނީ ގިނަ އެވޯޑްތަކެއް ލިބިފައެވެ. އެގޮތުން ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑާއި ދުނިޔޭގެ ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑް ފާހަގަކޮށްލެވެއެވެ. އޭގެއިތުރުން ދުނިޔޭގެ ލީޑިން ސީޕްލޭން އޮޕަރޭޓަރ އެވޯޑަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް ވަނީ ހޮވިފައެވެ.
ޝަރަފްވެރި އެވޯޑަށް ނޮމިނޭޓްވުމާއެކު މޯލްޑިވިއަނުން މިހާރު ވަނީ ވޯޓް ލުމަށް ހުޅުވާލައިފައެވެ. އެގޮތުން ރަޖިސްޓްރީ ކުރުމަށްފަހު މޯލްޑިވިއަން ނޮމިނޭޓްވެފައިވާ ދާއިރާތަކަށް ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް އެ ކުންފުނިން އެދެއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް ދޭން ފެށީ 1993 ވަނަ އަހަރުއެވެ. މިއަހަރުގެ އެވޯޑް ހަފްލާ އޮންނާނީ ޑިސެމްބަރު 9 ވަނަ ދުވަހު ބަހްރޭނުގައެވެ.