ENGLISH

06 ޖުލައި 2025

Advertisement

މިނިސްޓަރ ޝަހީމް އަދާލަތު ޕާޓީއަށް

02 މޭ 2025

|

މުރުޝިދު އަބްދުލް ޙަކީމް

ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު - ފޮޓޯ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

އިސްލާމިކް މިނިސްޓަރު ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު، އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވަން ފޯމު ހުށަހެޅުއްވިކަން އިޢުލާންކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ މިއަދު ހިއްސާކުރެއްވި ފޭސްބޫކް ޕޯސްޓެއްގައެވެ.

އިސް މުއައްސިސެއްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އަދާލަތު ޕާޓީއަށް ޚިދުމަތްކުރެއްވި ޑޮކްޓަރ ޝަހީމު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމެވިކަން ފުރަތަމަ އިޢުލާންކުރެއްވީ މިދިޔަ ހަފުތާގައެވެ. އެއާއެކު ޑރ. ޝަހީމް ވަނީ، އެ ޕާޓީގެ އާ ރައީސަކު ހޮވުމަށް މި އަހަރު ފަހުކޮޅު ބާއްވާ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވާނެކަންވެސް އިޢުލާން ކުރައްވާފައެވެ. 

އަދާލަތު ޕާޓީ އުފައްދަވައި، އެ ޕާޓީ ވަރުގަދަ ކުުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އެއް ބޭފުޅަކީ މިނިސްޓަރ ޝަހީމެވެ. މިނިސްޓަރު ޝަހީމް ހިމެނިވަޑައިގަންނަވާހެން ވަރަށް ގިނަ ޢިލްމުވެރިންގެ ބައިވެެރިވުމާއެކު އުފެދުނު އަދާލަތު ޕާޓީގެ ރިޔާސަތާ ކުރީގެ ހޯމް މިނިސްޓަރު އިމްރާން ޢަބްރުﷲ ހަވާލުވެވަޑައިގަތުމާއެކު، އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވި ގިނަ ޢަދަދެއްގެ ޢިލްމުވެރީން އެ ޕާޓީން ވަކިވެ ޕާޓީއަށް ހީނަރުކަން އައިސްފައިވެއެވެ.

ޑޮކްޓަރ ޝަހީމް އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް، އެ ޕާޓީގެ އިސް ބޭފުޅުން ވަނީ މަރުޙަބާ ވިދާޅުވެފައެވެ. 

އަދާލަތު ޕާޓީއިން ވަކިވެވަޑައިގަތުމަށްފަހު އެމަނިކުފާނު ގުޅިވަޑައިގަތީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއެވެ. ނަމަވެސް ޕީޕީއެމް އުވުމަށްފަހު މިހާތަނަށް އެމަނިކުފާނު އެހެން ޕާޓީއަކާ ގުޅިވަޑައިގެންފައެއް ނުވެއެވެ. 

ކިޔުންތެރިންގެ ހިޔާލު