ENGLISH

06 ޖުލައި 2025

Advertisement

އެންމެ ނުބައި މީހަކީ އެމީހެއްގެ ޤައުމު ޚަރާބުކޮށް އަމާންކަމާއި ސަލާމަތްކަން ނަގާލައި މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަކުރާމީހާ: ޚުތުބާ

02 މޭ 2025

|

ޢަލީ ޝާހީން

އެންމެ ނުބައި މީހަކީ އެމީހެއްގެ ޤައުމު ޚަރާބުކޮށް އަމާންކަމާއި ސަލާމަތްކަން ނަގާލައި މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަކުރާމީހާ: ޚުތުބާ

އެންމެ ނުބައި މީހަކީ އެމީހެއްގެ ޤައުމު ޚަރާބުކޮށް އަމާންކަމާއި ސަލާމަތްކަން ނަގާލައި މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަކުރާމީހާކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ. 

މިއަދު ހުކުރު ޚުތުބާގެ މައުލޫއަކީ "ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއްކަމުގައިވާށެ" މިމައުލޫއެވެ.

ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ޤައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ ކަމަށާއި ހަރުކަށިކަމާއި ނަފްރަތުން މީސްތަކުން ދީނާއި ދުރުކުރާ މީހުންނާއި، މީސްތަކުން ހުތުރުބަހުން މުޚާތަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮއްތަށް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތަށް ވިއްސިވިހާލި ކޮށްލާ މީހުންނާއި، ތަންދޮރު ނުދަނެ ތިބެ ފަތުވާ ދިނުމަށް އަވަސްވެގަންނަ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުކަމުގެ ސަބަބުން ސީދާ މަގު ގެއްލިފައިވާ ބަޔަކަށް ވެސް ޤައުމު އެއްގަލަކަށް ނޭރުވޭނެކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ހުކުރު ޚުތުބާގައި ވަނީ، ފުރެދުމާއި ފަސާދައާއި އިލްޙާދަށް ގޮވާލައި މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާ މެދު ބިރުވެތިވާން ގޮވާލާފައެވެ. އަދި ހިކުމަތްތެރިކަން  މެދުމިނުގައި ހިފަހައްޓަންވެސް ވަނީ ގޮވާލާފައެވެ.

" ތިބާ އަމިއްލަ ނަފްސާއި އެހެންމީހުންގެ މައްޗަށް އޯގާތެރި މީހަކަށްވާށެވެ. ތިބާއަށް ލިބިގެންވާ ހެޔޮކަން ހަމައެކަނި ތިބާއަށް ލިބިގެންވާ އެއްޗެއްކަމުގައި ނުހަދާށެވެ. އަދި އެކަންވާހުށި މީސްތަކުންނަށް ރަހުމުކޮށްގެންނެވެ. ނުދަންނަ މީހުންނަށް އުނގަންނައިދީގެންނެވެ. ހާޖަތްތެރިންނާއި ފަގީރުންނަށް ތިބާގެ ޖާހާއި މާލުން އެހީތެރިވެގެންނެވެ. ބޮޑެތި މީހުންނަށް އިޙްތިރާމުކޮށްގެންނެވެ. ކުޑަކުދިންނަށް އޯގާތެރިވެގެންނެވެ. ކުށްކުރާ މީހުންނަށް ރަނގަޅު މަގުދައްކައިދިގެންނެވެ. ޖަނަވާރުންނަށް އޯގާތެރިވެގެންނެވެ. ފަހެ ﷲގެ ރަހްމަތާ އެންމެ ކުއްތަންވެގެންވާ މީހުންނީ އެކަލާންގެ ޚަލްގުތަކުންގެ މައްޗަށް އެންމެ އޯގާވެރިވާ މީހުންނެވެ. އެފަދަ މީހުންނަށް މާތް ﷲ ރަހްމަތްލައްވައި އެކަލާންގެ އެކަލާންގެ ދީލަތިވަންތަކަމުގެ ގޮވައްޗަށް ވައްދާނެތެވެ. ކަށްވަޅުގެ އަޛާބުންނާއި ގިޔާމަތްދުވަހުގެ ބިރުވެރިކަމުން އަމާންކަން ދެއްވައި އެކަލާންގެ ހިޔާވަހިކަން ދެއްވާނެތެއެވެ." ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ވަނީ ތިބާގެ އެހީތެރިކަމާއި ދީލަތިކަމާއި ހޭދަކުރުން ދުކޮށްނުލުމަށާއި މުށްބާރުނުކުރުމަށް ގޮވާލާފައެވެ. އަދި ބެނުމެއް ޖެހިގެން އަތްދިއްކޮށްލާ މީހާއަށް ކުޑަނަމަވެސް ހެޔޮކަމުގެ އަތެއް ދިއްކޮށްލައި ނުވަތަ ހިތްހެޔޮކަމާއި އެކު ރީތިކޮށް އޭނާއަށް ޖަވާބުދިނުމަށްވެސް ގޮވާލާފައެވެ.

ދުނިޔެއަކީ ދެމިހުރުން އޮތްތަނެއް ނޫންކަމަށައި ކޮންމެ މީހަކީ މިދުނިޔެ ދޫކޮށް  ދާނެ މީހެއްކަމަށް ޚުތުބާގައިވަނީ ފާހަގަކުރަށްވާފައެވެ. އަދި ޒަމާނަކީ ހެދަވާ ރޭދުވާފަދަ ވަގުތުކޮޅެއްކަމަށާއި މަރު އޮތީ ދާދި ގާތުގައިކަން ހަނދާން ކޮށްދީ ޚުތުބާގައި ފާހަގަކުރީ ދިރިހުރި އިންސާނާ ލާ ކޮންމެ ނޭވާއަކީ އޭނާގެ ނަފުސު މަރާ ގާތްކޮށް ދުނިޔެއަށް އަލްވަދާއު ކިޔާ ނޭވާއެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު