ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

ޔުނައިޓެޑާއި ޓޮޓްނަމް ޔުރޮޕާ ލީގުގެ ފައިނަލާ ގާތަށް

02 މޭ 2025

|

މުޙައްމަދު އަދުހަމް

މެޗަށްފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ޔުއެފާ ޔުރޮޕާ ލީގުގައި ރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުތަކަށްފަހު އިންގްލެންޑްގެ މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ހޮޓްސްޕަރ އިން އެ މުބާރާތުގެ ފައިނަލަށް ދަތުރުކުރުމާ ގާތަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި 3-0 އިން އެތުލެޓިކް ބިލްބާއޯ އަތުން ޔުނައިޓެޑް ވަނީ މޮޅުވެފައެވެ. އަމިއްލަ ދަނޑުގައި ޓޮޓްނަމް ވަނީ 3-1 އިން ބޯޑޯ/ގްލިމްޓް ބަލިކޮށްފައެވެ.

ބިލްބާއޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑުން ޖެހި ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. އެ ޓީމުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އެވެ. މީގެތެރެއިން އެއް ގޯލްޖެހީ ޕެނަލްޓީއަކުންނެވެ. އެ ޓީމުގެ އަނެއް ލަނޑުޖެހީ ކަސެމީރޯ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ބިލްބާއޯގެ ޑިފެންޑަރު، ޑެނިއަލް ވިވިއާން އަށް ސީދާ ރަތް ކާޑު ދެއްކުމުން އެ ޓީމުން ބާކީބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ޓޮޓްނަމްގެ ދަނޑުގައި އެ ޓީމުން މޮޅުވިއިރު، ލަނޑުތައް ޖަހައިދިނީ ބްރެނާން ޖޯންސަން، ޖޭމްސް މެޑިސަން އާއި ޑޮމިނިކް ސޮލާންކޭ އެވެ. މީގެތެރެއިން، ސޮލާންކޭ ޖެހި ގޯލަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ.

ބޯޑޯ/ގްލިމްޓްގެ ހަމައެކަނި ލަނޑުޖެހީ އުލްރިކް ސަލްޓްނެސް އެވެ.

ޔުނައިޓެޑާއި ޓޮޓްނަމް ސެމީގެ ދެވަނަ ލެގްގެ މެޗުތައް ކުޅޭނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރެއެވެ. 

ކިޔުންތެރިންގެ ހިޔާލު