ENGLISH
05 ސެޕްޓެމްބަރު 2025
ޕޮލިސް ބަލިކޮށް، ވެމްކޯ ފައިނަލަށް
01 މޭ 2025
|
މީގެކުރީން، ވެމްކޯ ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ވީއޭއެމް
ޤައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގައި މިރޭ ކުޅުނު މެޗުގައި ފަހަތުންއަރައި، ޕޮލިސް ކްލަބް ބަލިކޮށް ކްލަބް ވެމްކޯ އިން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ވެމްކޯ އިން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ލީގު ބުރުގެ ހުރިހާ މެޗެއް ކާމިޔާބުކޮށް، އެއްވަނަ ހޯދައިގެންނެވެ. ވެމްކޯ ވަނީ ކުޅުނު ތިން މެޗު ކާމިޔާބުކޮށްފައެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓުން 25-20 އާއި 25-23 އިން ޕޮލިހުން ކުރިހޯދާފައިވަނިކޮށް، ވެމްކޯ އިން ވަނީ ދެންޖެހިގެންއައި ތިން ސެޓު ކާމިޔާބުކޮށްފައެވެ.
ވެމްކޯ އިން މެޗުގެ ފަހު ތިން ސެޓު ގެންދިޔައީ، 25-15، 25-23، އަދި 15-10 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެމްކޯގެ ޕަތިޔާ ޖުއަންގޖަން އެވެ.
މި މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކުރުމަށްޓަކައި، ސެމީ ފައިނަލުގައި ޕޮލިހާއި ހުރާ ކޮމިއުނިޓީ ކްލަބު ބައްދަލުކުރާ މެޗު އޮންނާނީ މި މަހުގެ 3 ވަނަ ދުވަހު އެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 4 ވާ އާދީއްތަ ދުވަހު އެވެ.