ENGLISH
18 މޭ 2025
ޓޫރިޒަމް މެކުހަށް ޖެހުމަށް ގަތަރު އެއާވޭސް އާއި އެމްއެމްޕީއާރުސީން ސޮއިކޮށްފި
30 އޭޕްރީލު 2025
|
ގަތަރު އެއާވޭސް އާއި އެމްއެމްޕީއާރުސީ އާ ދެމެދު އެއްބެސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު-- ފޮޓޯ/އެމްއެމްޕީއާރުސީ
ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް ގަތަރު އެއާވޭސް އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދުބާއީގައި ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި، މި އެއްބަސްވުމުގައި ގަތަރު އެއާވޭސްގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ވައިސް ޕްރެޒިޑެންޓް، ގްލޯބަލް ސޭލްސް މެޓް ރޮސް އެވެ. އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ މޭނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އެވެ.
މި އެއްބަސްވުމާ ބޭހޭ ގޮތުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި 170 މަންޒިލަކަށް ދަތުރުކުރާ ގަތަރު އެއާވޭސްގެ ނެޓްވޯކާއި އެމްއެމްޕީއާރުސީގެ މާކެޓިން ތަޖުރިބާކާރުން ގުޅިގެން ރާއްޖެއަށް ޓޫރިސްޓުން އިތުރުކުރަމަށް މަސައްކަތްތައް ކުރެވޭނެއެވެ.
ރާއްޖެ އަކީ ކޮންމެހެން ވެސް ރިއާޔަތްކުރަން ޖެހޭ މަންޒިލެއްގެ ގޮތުގައި އިސްތިހާރު ކުރުމަށް ޓޫރިސްޓުންނަށް އަމާޒުކޮށް ކެމްޕޭނުތައް ހިންގުމާއި މިޑިޔާ ހަރަކާތްތައް ހިންގުމާއި އަދި ވިޔަފާރި އާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން ވެސް މި އެެއްބަސްވުމުގައި ހިމެނެވެ.
ގަތަރު އެއާވޭސް އިން ރާއްޖެ އަށް ދަތުރުކުރާ ޓޫރިސްޓުނަށް ލިބޭ އެންމެ ބޮޑު އެއް ފަސޭހަ އަަކީ އެ އެއާލައިން އާ މޯލްޑިވިއަން އާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެ ދަތުރުކުރަން ޓިކެޓް ނަގާއިރު، ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓް ވެސް ހިމަނައިގެން ޓިކެޓް ނެގުމެވެ. މިގޮތަށް ޓިކެޓް ނެގުމުން ވެލާނާ އިންޓަނެޝަނަލް ޓާމިނަލުން، ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ފަސިންޖަރުން ގެންގޮސްދިނުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދެއެވެ.
ރާއްޖެއަށް ކޮންމެ ދުވަހަކު ވެސް ގިނަ ދަތުރުތައް ކުރާ ގަތަރު އެއާވެސް އަކީ ރާއްޖެ އާއި ޔޫރަޕާއި މެދުއިރުމައްޗާއި އޭޝިޔާ ގުޅުވާލަދޭ އެއާލައިނެކެވެ.