ENGLISH
18 މޭ 2025
އައި.އައި.ޔޫ.އެމް އިން ރައީސުލްޖުމްހޫރިއްޔާއަށް އޮނޮރަރީ ޑޮކްޓަރޭޓްކަން އެރުވުން
30 އޭޕްރީލު 2025
|
މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައި.އައި.ޔޫ.އެމް) ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް، "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނޮރަރީ ޑިގްރީ އަރުވައިފި. އެ މަނިކުފާނަަށް މި އޮނޮރަރީ ޑޮކްޓަރޭޓްކަން އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޔުނިވަރސިޓީގައި ބޭއްވި އައި.އައި.ޔޫ.އެމް ސްޕެޝަލް ކޮންވޮކޭޝަން 2025 ގަ.
ރައީސުލްޖުމްހޫރިއްޔާއަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވީ އައިއައިޔޫއެމްގެ ދުސްތޫރީ ވެރިޔާގެ ހައިސިއްޔަތުން ހަރ ރޯޔަލް ހައިނެސް ތެންގްކޫ އަމްޕުއަން، ތުންކޫ ޢަޒީޒާ ޢަމީނާ މައިމޫނާ އިސްކަންދަރިއްޔާ. މި ޚާއްޞަ ރަސްމިއްޔާތު ކުރިއަށްގެންދިޔަ އައި.އައި.ޔޫ.އެމް ގެ މައި ކެމްޕަހަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީވެސް އެކަމަނާ.