ENGLISH
26 ނޮވެމްބަރު 2024
183 ކިލޯގެ މަސްތުވާތަކެތި އަތުލައި ގަނެވިއްޖެ: އިހްސާން
14 ނޮވެމްބަރު 2024
|
މިނިސްޓަރު ޢަލީ އިހްސާން
އެންމެ މަޤްބޫލު
މުޖުތަމައަށް އެތެރެވުމުގެ ކުރިން 183 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
"ހަފުތާ 52" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ އެއީ 333 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށެވެ.
މަސްތުވާތަކެތި އެތެރެވިޔަ ނުދިނުމަށްޓަކައި ރާއްޖޭގެ މައި ދޮރޯށިތަކުގެ (ކަނޑާއި ވައި) ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ފިޔަވަޅުތައް އަޅާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިހުސާން ވަނީ ޖަލު ތެރެއިން ހިންގާ ސްކޭމް ކޯލްތަކާއި ޖަލުގައި މަސްތުވާތަކެތި ގެންގުޅޭ މައްސަލައާ ދެކޮޅަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނަށްވެސް އަލި އަޅުއްވާލައްވާފަ އެވެ. އެގޮތުން އެ އޮޕަރޭޝަންގައި ޖަލު އޮފިސަރުންތަކެއް މިކަމުގައި ހަރަކާތްތެރިވިކަން ފާހަގަ ކުރެވުމުން ވަކި މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލާ އެ މީހުންނަށް ފިޔަވަޅު އަޅާފައިވާކަން އިހުސާން ފާހަގަ ކުރެއްވި އެވެ.