ENGLISH
09 މޭ 2025
“ފަހި ޞިއްޙަތު ހެލްތް ފެއަރ” ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަތުން
25 އޭޕްރީލު 2025
|
ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅުވައިގެން ބޭއްވި "ފަހި ޞިއްޙަތު ހެލްތު ފެއަރ" ހުޅުވުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފްވެރިކޮށްދެއްވައިފި. ފަހި ސިއްޙަތު ހެލްތު ވެލްފެއަރ، އިންތިޒާމުކުރީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިސްނަގައިގެން، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާއި ޔުނިސެފް އަދި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ އިދާރާތަކާއި ގުޅިގެން. ފެއާރ ހުޅުވުމުގެ ރަސްމިއްޔާތުގައި އެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި. އާޓިފިޝަލް ބީޗްގައި ކުރިއަށްދިޔަ ފެއަރ ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު މެޑަމް ސާޖިދާ މުޙައްމަދު ވަނީ ފެއަރގައި ތައްޔާރުކޮށްފައިވާ ހުރިހާ ސްޓޯލްތަކަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވައިފަ.