ENGLISH

09 މޭ 2025

Advertisement

މަސްޖިދުއްނަބަވީގެ އިމާމު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން

25 އޭޕްރީލު 2025

|

ހަސަން އާމިރު

މަސްޖިދުއްނަބަވީގެ އިމާމު، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލު ކުރައްވަނީ. އިމާމްގެ ދަތުރުފުޅުގައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އާއި ރާއްޖޭގެ ޢިލްމުވެރީންނާ ވެސް ބައްދަލު ކުރައްވާފައި. އަދި ޕްރީ ސްކޫލު ދަރިވަރުންނާއި ޒުވާން ޙާފިޡުންނާއި ޒުވާން ޚަޠީބުންނާއި އިމާމުންނާ ވެސް ބައްދަލު ކުރެއްވި. އެމަނިކުފާނު ވަނީ ބުދަ ދުވަހުގެ ރޭ މަޣްރިބު ނަމާދާއި އިޝާ ނަމާދު، ސަލްމާން މިސްކިތުގައި އިމާމުވެ ކުރައްވާފަ. އަދި ބުރާސްފަތި ދުވަހުގެ ރޭ އިޝާ ނަމާދު، އިސްލާމީ މަރުކަޒުގައި އިމާމުވެ ކުރައްވައި ދީނީ ދަރުސެއް ދެއްވާފައި. އިސްލާމީ މަރުކަޒުގައި މިއަދުގެ ހުކުރު ޚުތުބާ ދެއްވީ ވެސް ޑރ. ބުދައިރު.

ކިޔުންތެރިންގެ ހިޔާލު