ENGLISH
22 އޭޕްރީލު 2025
"މޯލްޑިވްސް އޯޕަން 2025" ގެ ޝަރަފުވެރި ޖާޒީ އާއި ހަނދާނީ ފިލާ، ރައީސުލްޖުމްހޫރިއްޔާ އަށް އަރުވައިފި
22 އޭޕްރީލު 2025
|
"މޯލްޑިވްސް އޯޕަން 2025" ގެ ޝަރަފުވެރި ޖާޒީއާއި ހަނދާނީ ފިލާ، ރައީސުލްޖުމްހޫރިއްޔާ އަށް އެރުވުން. --ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މޯލްޑިވްސް ގޮލްފް އެސޯސިއޭޝަން (އެމްޖީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް އޯޕަން 2025" ގޮލްފް މުބާރާތުގެ ޝަރަފުވެރި ޖާޒީއާއި ހަނދާނީ ފިލާ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު އަށް އަރުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "މޯލްޑިވްސް އޯޕަން 2025" ގެ ޝަރަފުވެރި ޖާޒީއާއި ހަނދާނީ ފިލާ އަރުވާފައިވަނީ އެމްޖީއޭގެ ނައިބު ރައީސް، އަހުމަދު ނަޒީރު އެވެ.
މި އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތް ކުރިއަށްދާނީ ސްރީ ލަންކާގެ ވިކްޓޯރިއާ ގޮލްފް ރިސޯޓު ގައެވެ.
"މޯލްޑިވްސް އޯޕަން "2025 އަކީ ދިވެހިރާއްޖޭގައި ކުޅިވަރެއްގެ ގޮތުގައި ގޮލްފް ކުރިއަރުވައި، ތަރައްޤީކުރުމަށް އެމްޖީއޭއިން ކުރަމުންދާ މަސައްކަތުގެ ހެއްކެކެވެ.