ENGLISH
18 ޖޫން 2026
ރާއްޖެ ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕް އޮގަސްޓުގައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
18 ޖޫން 2026
|
ގައުމީ ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕުގެ ތެރެއިން --- ފޮޓޯ: ވީއޭއެމް
އެންމެ މަޤްބޫލު
ރާއްޖެ ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕް އޮގަސްޓް މަހު ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މުބާރާތް ފަށާ ތާރީޚަކީ އޮގަސްޓް 4 ކަމަށެވެ.
ރާއްޖެ 8 ޒޯނަށް ބަހާލައިގެން ބޭއްވުމަށް ނިންމާފައިވާ މި މުބާރާތުގައި މާލެ ހިމެނޭ ޒޯން 6 ފިޔަވައި، ޒޯންތަކުން ހޯސްޓުކުރަން ބޭނުންވާ ރަށްތަކަށް އެފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ޒޯން (1،2،3،4،5،7،8) ގެ ހޯސްޓުކުރާނެ ރަށްތަކުން، އެކަމަށް އެދި ޖުލައި 1 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން [email protected] މެއިލް ކުރުމަށް ވަނީ ހުޅުވާލާފައެވެ.
މި މުބާރާތް ބާއްވަނީ އަންހެން، އަދި ފިރިހެން ދެ ބަޔެށެވެ. އެގޮތުން މި ދެ ބައިންވެސް 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުން ޓީމުތަކަށް ބައިވެރިވެވޭނެއެވެ. އެގޮތުން ރާއްޖޭގެ ސްކޫލް ނުވަތަ މަދަރުސާތަކުގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ ތަންތަނުން ޖުލައި 1 ވާ ބުދަ ދުވަހުގެ 11 ޖެހުމުގެ ކުރިން، އެކަމަށް އެދޭ ފޯމު ހުށަހެޅޭނެއެވެ.