ENGLISH
18 ޖޫން 2026
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވަރކާއި ސްޓްލެކޯއިން ހަވާލުވެއްޖެ
18 ޖޫން 2026
|
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވަރކާއި ސްޓްލެކޯއިން ހަވާލުވުން --
އެންމެ މަޤްބޫލު
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވަރކާއި ސްޓެލްކޯ އިން ޙަވާލުވުމުގެ ގޮތުން އެ ކުންފުންޏާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
މިއަދު އޮތް ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ ޑރ. ޑރ. އަލީ އަޒްވަރު އެވެ. އެޗްޑީސީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ (ރޓޑ) ޢަލީ ޒުހައިރު އެެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ބޮޑު އާބާދީއެއް އެބަ އޮތެވެ. އެއީ އެންމެ ގިނަ ބަޔަކު މިހާރު އާބާދު ވަމުންދާ ސަރަޙައްދުވެސްް މެ އެވެ. މި ފަހުން ހިންގި ބޯހިޔާވަހިކަމުގެ އެންމެ ގިނަ މަޝްރޫޢުތައް ހިންގާފައިވަނީ ވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގަ އެވެ.
މާލެ ސަރަޙައްދުގެ ކަރަންޓްގެ ޙާލަތު ރަނގަޅު ކުރުމަށް ސްޓެލްކޯ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެ ކުންފުނިން ޚިދުމަތް ދެމުންދާ އަތޮޅުތެރޭގެ ރަށްރަށުގެ ކަރަންޓްގެ ޙާލަތު ރަނގަޅު ކުރުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯ އިން އެމްރޖެންސީ ރެސްޕޮންސް ސެންޓަރެއް ޤާއިމްކުރުމަށް ބޭނުންވާ ޖާގަ އެޗްޑީސީ އިން މިއަދު ވަނީ އެ ކުންފުންޏާއި ޙަވާލުކޮށްފަ އެވެ. މިއާއިއެކު މި ކުންފުނީގެ ފަރާތުން މިއަދު ވަނީ އެޗްޑީސީއަށް ލައިޓް ޕޯސްޓްތަކެއް ވެސް ހަދިޔާކޮށްފަ އެވެ.