ENGLISH

10 މޭ 2025

Advertisement

ޓީޓީ ޒުވާން ޓީމު ސައުތު އޭޝިއާގެ މުބާރާތަކަށް

22 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ސަރަހައްދީ ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމަށް ވަޒީރު ރާފިޢު ޖާޒީ ހަވާލުކޮށްދެއްވަނީ. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ރާއްޖޭގެ ޒުވާން ޓޭބަލް ޓެނިސް ޓީމުތަކުން ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ހަމަޖެހިއްޖެއެވެ.

މި އޭޕްރީލް މަހުގެ 24 އިން 27 ގެ ނިޔަލަށް ނޭޕާލްގެ ކަތުމަންޑޫގައި ބާއްވާ މި ފަހަރުގެ ސަރަހައްދީ ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރާ ޒުވާން ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފައިވަނީ މާލޭ ޓީޓީ ހޯލްގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއް ގައެވެ.

ރޭ ބޭއްވި މި ރަސްމިއްޔާތުގައި ޖާޒީ ހަވާލުކޮށްދެއްވާފައިވަނީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ.

މި މުބާރާތުގައި ރާއްޖޭން ވާދަކުރާނީ 15 އަހަރުން ދަށުގެ ޓީމާއި، 19 އަހަރުން ދަށުގެ ޓީމެވެ. މި ދެ ޓީމަށް ވެސް އިރުޝާދު ދޭނީ އީރާންގެ ކޯޗެކެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ، އެ މުބާރާތުގައި ޤައުމީ ޓީމުގެ އަމާޒަކީ މެޑެއްޔެއް ހޯދުން ކަމަށެވެ. އަދި، އެ ކާމީޔާބީއާ ހަމައަށް ވާސިލްވުމަށް އެކަށީގެންވާ ވަރަށް ޤައުމީ ޓީމު ތައްޔާރުވެފައިވާ ކަމަށް ވެސް ޓީޓީ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު