ENGLISH
21 އޭޕްރީލު 2025
ވިޔަފާރި އެހީ ލޯންގެ ޕްރޮޑަކްޓްތަކަކީ ހުރިހާ ދިވެހިންނަށް އެޕްލައި ކުރެވޭނެ ޕްރޮޑަކްޓްސްތަކެއް
21 އޭޕްރީލު 2025
|
އެސްޑީއެފްސީން އަންނަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން، ފޮޓޯ: މިހާރު
ވިޔަފާރި އެހީ ލޯންގެ ޕްރޮޑަކްޓްތަކަކީ ހުރިހާ ދިވެހިންނަށް އެޕްލައި ކުރެވޭނެ ޕްރޮޑަކްޓްސްތަކެއް ކަމަށާއި ވިޔަފާރިއެއް ފައްޓަން ނުވަތަ އެކްސްޕޭންޑުކުރަން އެޕްލައި ކުރެވޭނެކަމަށް އެސްޑީއެފްސީގެ ކަސްޓަމަރް ސާރްވިސް ރެޕްރެޒެންޓޭޓިވް ފަރީލާ އަބްދުލް ގާދިރް ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފަރީލާ ވިދާޅުވީ، ވިޔަފާރި އެހީ ލޯނަކީ ހުރިހާ ދިވެހިންނަށް އެޕްލައިކުރެވޭ ފުޅާ ދާއިރާއަކަށް ބޭނުންކުރެވޭނެ ލޯނެއްކަމަށެވެ. އަދި ފުދޭ ވަރަކަށް ތަރުހޙިބު އެސްޑީއެފްސީއަށް ލިބި ގިނަ އަދަދެއްގެ ބަޔަކު ލޯނަށް އެޕްލައި ކުރާކަންވެސް ފާހަގަކުރެއްވިއެވެ.
""އަޅުގަންޑުމެން ގަބޫލުކުރާ ގޮތުގައި އަޅުގަންޑުމެންގެ މިހާރު މިހުރި ހުރިހާ ޕްރޮޑަކްޓްސްއަކި ހުރިހާ ދިވެހި ރައްޔިތުންނަށް އެޕްލައި ކުރެވޭނެ ޕްރޮޑަކްޓްސްތަކެއް. ވިޔަފާރި އަލަށް ފަށަންށާއި، އެކްސްޕޭންޑުކުރުމަށް ބޭނުން ކުރެވޭނެ. އެހެންވީމާ ފުފޭވަރަކަށް ތަރުހީބު އަޅުގަންޑުމެނަށް ލިބެމުން ދޭ، ކޮންމެ ދުވަހަކުވެސް އާ އެޕްލިކޭޝަންތަށް އާދޭ" " - - ފަރީލާ އަބްދުލް ގާދިރް
ފަރީލާގެ އިތުރުން މި ޕްރޮގްރާމްގައި ބައިވެރިވި އެސްޑިއެފްސީގެ ސީނިއަރް ބިޒްނަސް ސްޕެޝަލްޓީ ސަޕޯޓު ހުޝާމާ ހަސަން ވިދާޅުވީ، އސްޑީއެފްސީގެ އެންމެ ބޮޑު އަމާޒަކީ ކޮންވެންޝަނަލްކޮށް ލޯނު ނަގަން އުނދަގޫވާ ފަރާތްތަކަށް ލުއިފަސޭހަ ނިޒާމެއްގެ ދަށުން ލޯނު ނެގޭނެ އިންތިޒާމެއް ފަހިކޮށްދިނުމެވެ. މީގެ އިތުރުން ކޮންމެ ވިޔަފާރިއަކަށްވެސް ދޭންޖެހޭ އެހީތެރިކަން ދީގެން އެ ވިޔަފާރިއެއް ކުރިއަށް ގެންދިއުމަށްވެސް އިސްކަން ދޭކަމަށް ވިދާޅުވިއެވެ.
އެސްޑީއެފްސީ އަކީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މުޅިން އަލަށް ފެށުމަށް އަދި ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނެވި ގޮތުގައި ކުރިއަށް ގެންދިއުމަށާއި ވިޔަފާރިތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި 2019 ވަނަ އަހަރު ގާއިމްކޮށްފައިވާ ކުންފުންޏެކެވެ. މިގޮތުން އެސްޑީއެފްސީން ދަނީ ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ފައިނޭންސިންގ ފުރުސަތުތައް ފޯރުކޮށްދީ އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަމުންނެވެ.