ENGLISH

21 އޭޕްރީލު 2025

Advertisement

ޕޭޕަލް ޕޭ ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ސަޢީދު ވިދާޅުވެއްޖެ

21 އޭޕްރީލު 2025

|

އަހުމަދު ސައީދު

ބައިނަލްއަޤުވާމީ ޕޭމަންޓް ގޭޓްވޭ ނިޒާމުތައް ރާއްޖެ އަށް ތަޢާރަފު ކުރުމަށްޓަކައި ކުރެވޭ މަސައްކަތުން ޕޭޕަލް ޕޭ ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިކޮނިމިކް ޑިޕެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި އިކޮނިމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ނޫސްވެެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސަޢީދު ވިދާޅުވީ ފަންނުވެރި އިޤްތިޞާދެއް އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެއް ކަމަށާއި، ކުރިން އެފަދަ ކަމަކަށް އަމަލީގޮތުން ފާހަގަ ކުރެވޭ މަސައްކަތެއް ކޮށްފައި ނުވާކަމަށެވެ. 

"މިހާރު ދިވެހި ޒުވާނުންނަށް ފައިސާފޮނުވުމަށް ހުރި ގޮންޖެހުންތައް ހައްލުކުރަން މަސައްކަތް ކުރަމުން އެބެދޭ. ވަގުތު ނަގާ ކަންކަން މި ހުންނަނީ. ޕޭޕަލް ތައާރަފު ކުރަމުން ކުރިން މަސައްކަތެއް ކުރިހެނެއް ހިއެއް ނުވޭ. ޕޭލަލް އާއެކު މަޝްވަރާތައް ހިގަމުން އެބަދޭ، އެކަމުގައި އިދާރިގޮތުން ކުރަންޖެހޭ މަސައްކަތްތައް ވެސް ހުންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ. 

މިއަދަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ "ވޯލްޑް ކްރިއޭޓިވިޓީ އެންޑް އިނޮވޭޓިވޭޝަން ޑޭ" ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ފަންނުވެރި އިޤްތިޞާދެއް އުފެއްދުމަަށް ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގައި މަޤްބޫލްވަމުން އަންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް މެދުވެރިކޮށް ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ. 

އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ޖެނުއަރީ މަހު ބުނެފައިވާ ގޮތުގައި  ޕޭޕާލް ޕޭ، އެމޭޒަން ޕޭ އަދި ގޫގްލް ޕޭ ގެނައުމަށް ސަރުކާރުން ވަނީ އެ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހަޅައިފައެވެ. އެގްޒެކެޓިވް މެނޭޖްމަންޓު ލެވަލްގައި އެކަމާބެހޭ ވަރަށް ގިނަ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ވެސް މިނިސްޓްރީނ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު