ENGLISH
09 މޭ 2025
މިއަދަކީ ވެކޭޝަންސް އެކްސްޕޯގެ ފަހު ދުވަސް، ލަސްނުކޮށް ޒިޔާރަތްކޮށްލައްވާ!
20 އޭޕްރީލު 2025
|
މިއަހަރުގެ ވެކޭޝަންސް އެކްސްޕޯ (ފޮޓޯ/ ހައިރައިޒް)
ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހުރިހާ މަޢުލޫމާތަކާއި ހައްލުތައް އެއްތަނަކުން ހޯދައިދިނުމުގެ މަގްސަދުގައި ބާއްވާ ވެކޭޝަންސް އެކްސްޕޯ މިއަދު ނިންމާލާނެއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ހަރަކާތަކީ، ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހުރިހާ މައުލޫމާތަކާއި ހައްލުތައް އެއްތަނަކުން ލިބޭނެ ހަރަކާތެކެވެ. ހައިރައިސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ މި އިވެންޓަކީ، ދިވެހިންގެ މެދުގައި ވެސް މަގުބޫލު ހަރަކާތެކެވެ.
ސާޅީސް އެގްޒިބިޓަރުނނާއެކު ކުރިއަށްގެންދާ މި އިވެންޓަކީ މިހާތަނަށް ކުރިއަށް ގެންދާ ވެކޭޝަންސް އެކްސްޕޯގެ އެންމެ ފުރިހަމަ އެޑިޝަން ކަމަށް ހައިރައިޒް އިން ގަބޫލުކުރެ އެވެ.
އެހެން އަހަރުތެކޭ އެއްގޮތަށް މިއަހަރު ވެސް، ވެކޭޝަންސް އެކްސްޕޯގައި، ޚާއްސަ ޓްރެވަލް ޕެކޭޖުތައް ހިއްސާކުރުމާއި ރާއްޖޭގެ މަންޒިލްތަކާއި ބޭރުގެ މަންޒިލްތަކަށް ދަތުރުކުރުމާ ގުޅޭގޮތުން ކޮންމެހެން ބޭނުންވާނެ މައުލޫމާތުތައް ލިބިގެންދާނެ އެވެ. އަދި ޒިޔާރާތްކުރާ ފަރާތްތަކަށް ތަފާތު އިނާމުތައް ހޯދުމުގެ ފުރުސަތުތައް ވެސް ވަނީ ހުޅުވާލާފަ އެވެ.
އެގްޒިބިޓަރުންގެ ދާއިރާތައް:
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ވެކޭޝަންސް އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އޭސް ޓްރެވެލްސް އެވެ. އިނަ މޯލްޑިވްސް، އޭސް އޭވިއޭޝަން ސާވިސަސް، އަދި ވޮޔޭޖެސް މޯލްޑިވްސް އިން ކޯ ސްޕޮންސާކުރާ މި އިވެންޓަށް އިތުރު ބާރެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ޖަމިއްޔާތަކުން ލިބޭ އެއްބާރުލުމުގެ ސަބަބުން ކަމަށް ހައިރައިޒް އިން ގަބޫލުކުރެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)، އަދި ނޭޝަނަލް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ފަދަ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުން އެކްސްޕޯއަށް ލިބޭ އެއްބާރުލުމަކީ އެކްސްޕޯއަށް ލިބޭ އިތުރު ބާރެއްގެ ގޮތުގައި ހައިރިސް ކުންފުނިން ފާހަގަކުރެއެވެ.