ENGLISH

26 ނޮވެމްބަރު 2024

މަސްތުވާތަކެއްޗާ އެކު 65 އަހަރުގެ މީހަކު ހައްޔަރުކޮށްފި

14 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

ދިރިއުޅޭ އެޕާޓްމަޏްޓުންނާއި އަމިއްލަ ޖީބުން މަސްތުވާތަކެތި ފެނުމާއި ގުޅިގެން 65 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ރ. އިންނަމާދޫ، ފެމޯރާގޭ، މުހައްމަދު ސަލީމް(65އ) އެވެ. މީނާއަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ކުށް ސާބިތުވެ އުމުރަށް ޖަލަށްލާން ހުކުމްކޮށްފައި ހުރި މީހެކެވެ.

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކިން މައްސަލައަކާ ގުޅިގެން 2016 ގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށް 100،000ރ. އިން އޭނާ ޖޫރިމަނާކޮށްފައި ވެސް ވެއެވެ.

ސަލީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު