ENGLISH

26 މޭ 2026

Advertisement

ދިވެހި ޙާޖިން ޢަރަފާތަށް ދިއުމުގެ ދަތުރު ފަށައިފި، އަމާޒަކީ އިރުއެރުމުގެ ކުރީން ހުރިހާ ޙާޖީން ގެންދިއުން

26 މޭ 2026

|

އަޙުމަދު ޙަމީދު

ދިވެހި ޙާޖީން --

ދިވެހި ޙައްޖުވެރިން ޢަރަފާތަށް ދިއުމަށް މިހާރު ވަނީ ދަތުރު ފަށާފައިވާ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

އެ ކޯޕަރޭޝަނުން މިރޭ ބުނީ ޖުމްލަ 22 ބަހުގައި ޙައްޖުވެރިން މިނާއިން ޢަރަފާތަށް ދަތުރުކުރަމުންދާ ކަމަށެވެ. އަދި ކޯޕަރޭޝަނުން މަސައްކަތް ކުރަނީ އިރުއެރުމުގެ ކުރިން ހުރިހާ ޙައްޖުވެރިންވެރިން ވެސް ޢަރަފާތަށް ގެންދިއުމަށް ކަމަށް ވަނީ ބުނެފަ އެވެ.

މި އަހަރުވެސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިވެހީންގެ ހާހެއްހާ މީހުން ވަނީ ޙައްޖުގެ އަޅުކަމަށް މައްކާއަށް ގޮސްފަ އެވެ.

މިއަހަރަކީ ވެސް ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތްތަކެއް ދެވިގެންދާނެ އަހަރަކަށް ހެދުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އަދި ޙައްޖު ކޯޕަރޭޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.  

ކިޔުންތެރިންގެ ހިޔާލު