ENGLISH
26 މޭ 2026
އޭޝިއާ ކަޕް ސާބާ ކޮލިފައިން: ފުރަތަމަ ދުވަހުގެ މެޗުތަކުން ރާއްޖޭގެ ޓީމުތައް ބަލިވެއްޖެ
26 މޭ 2026
އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ރާއްޖޭގެ ފިރިހެން ޓީމުން އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އެމްބީއޭ
އެންމެ މަޤްބޫލު
ފީބާ 18 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ރާއްޖޭގެ ގައުމީ ޒުވާން ބާސްކެޓްބޯޅަ ޓީމުތައް ކުޅުނު ފުރަތަމަ މެޗުތަކުން ބަލިވެއްޖެއެވެ.
ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ ސުގަތަދާސަ އިންޑޯ ސްޓޭޑިއަމުގައި މިއަދު ފެށި މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 29 ގެ ނިޔަލަށެވެ.
ކޮލިފައިންގެ ފިރިހެން ޑިވިޝަނުގައި ރާއްޖޭގެ 18 އަހަރުގެ ދަށުގެ ގައުމީ ބާސްކެޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވީ އިންޑިއާ އަތުން 130-60 ޕޮއިންޓުންނެވެ.
ކޮލިފައިންގެ ފިރިހެން ޑިވިޝަނުގައި ހަތަރު ގައުމެއް ވާދަކުރާއިރު، އެ ގައުމުތަކީ ރާއްޖޭގެ އިތުރުން ލަންކާ، އިންޑިއާ އަދި ބަންގްލަދޭޝެވެ. މި ޑިވިޝަނުގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި މާދަމާ ވާދަކުރާނީ ލަންކާއާ ދެކޮޅަށެވެ. އަދި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 27 ވަނަ ދުވަހެވެ.
އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ރާއްޖޭގެ އަންހެން ޓީމުން ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އެމްބީއޭ
ކޮލިފައިންގެ އަންހެން ޑިވިޝަނުގައި ރާއްޖޭގެ 18 އަހަރުގެ ދަށުގެ ގައުމީ ބާސްކެޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވަނީ ލަންކާ އަތުން 74-44 ޕޮއިންޓުންނެވެ.
ކޮލިފައިންގެ އަންހެން ޑިވިޝަނުގައި ތިން ގައުމެއް ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖޭގެ އިތުރުން ލަންކާ އަދި އިންޑިއާއެވެ. މުބާރާތުގެ އަންހެން ޑިވިޝަނުގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި އިންޑިއާއާ ވާދަކުރާނީ މި މަހުގެ 27 ވަނަ ދުވަހެވެ.