ENGLISH
04 ޖޫން 2025
ވެކޭޝަންސް އެކްސްޕޯ 2025 ފަށައިފި
19 އޭޕްރީލު 2025
|
ވަޒީރު ތޯރިގު، އެކްސްޕޯގެ ބައެއް ސްޓޯލްތައް ބައްލަވާލައްވަނީ-- ފޮޓޯ: މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް
ހައިރައިސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ ވެކޭޝަންސް އެކްސްޕޯ 2025 ފަށައިފިއެވެ.
17 އޭޕްރީލުން 25 އޭޕްރީލުގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯ އިފްތިތާހުކޮށްދެއްވީ އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. މި އެކްސްޕޯއަކީ ރާއްޖޭގައި އަދި ރާއްޖޭން ބޭރުގައިވެސް ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް އަގުހުރި މައުލޫމާތު ތަކެއް ލިބިގެންދާނެ އިވެންޓެކެވެ. އެގޮތުން އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ ޓްރެވަލް ޕެކޭޖުތަކުގެ މައުލޫމާތުގެ އިތުރުން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ދަތުރުކުރުމާ ގުޅޭ މުހިންމު މައުލޫމާތުތަކެއް މި އެކްސްޕޯއިން ލިބިގެންދާނެއެވެ. މިއަހަރުގެ އެކްސްޕޯގައި އެކި ދާއިރާތަކުން 40 ފަރާތަކުން ބައިވެރިވެފައި ވެއެވެ.
އެގޮތުން މިއަހަރުގެ އެކްސްޕޯގައި ބައިވެރިވެފައިވާ ދާއިރާތަކަކީ:
· ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތައް
· އެއާލައިންތައް
· ޓްރެވަލް އެޖެންޓުން
· ސަރުކާރުގެ އިދާރާތައް
· ބޭރުގެ ގައުމުތަކުގެ އެމްބަސީތައް
· މޫދު ކުޅިވަރުގެ ވިޔަފާރިތައް
· ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ގައުމުތަކުގެ ހޮސްޕިޓަލްތައް
މިދަޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް މި އެކްސްޕޯ ސްޕޮންސަރ ކޮށްފައިވަނީ އޭސް ޓްރެވަލްސް އިންނެވެ. ކޯ ސްޕޮންސަރުންނަކީ އިނަ މޯލްޑިވްސް، އޭސް އޭވިއޭޝަން ސާވިސަސް، އަދި ވޮޔޭޖަސް މޯލްޑިވްސް އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)، އަދި ނޭޝަނަލް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ފަދަ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުން އެކްސްޕޯއަށް ލިބޭ އެއްބާރުލުމަކީ އެކްސްޕޯއަށް ލިބޭ އިތުރު ބާރެއްގެ ގޮތުގައި ހައިރިސް ކުންފުނިން ފާހަގަކުރެއެވެ.