ENGLISH
10 މޭ 2025
އުރީދޫ ނޭޝަންގެ އިންޓަރ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް މި މަހު 27 ގައި ފަށަނީ
16 އޭޕްރީލު 2025
|
މީގެކުރީން ބޭއްވި އުރީދޫ ނޭޝަން ގޭމިންގ މުބާރާތެއްގެ ތެރެއިން. --ފޮޓޯ: އުރީދޫ
އުރީދޫ ނޭޝަންގެ އިންޓަރ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.
މިއީ ރިސޯޓް ސެކްޓަރ އަށް ޚާއްސަކޮށްގެން އުރީދޫން ބާއްވާ އީ-ސްޕޯޓްސް ގޭމިންގެ ދެވަނަ މުބާރާތެވެ. މީގެ މުބާރާތެއް އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރު އެވެ.
ރާއްޖޭގެ ހުރިހާ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ މި އޭޕްރީލް މަހުގެ 27 އިން 30 ގެ ނިޔަލަށެވެ.
ރިސޯޓް މުވައްޒަފުންނަށް ހާއްސަކޮށްގެން ބާއްވާ މި އަހަރުގެ މުބާރާތުގައި އީ-ސްޕޯޓްސްގެ ދުނިޔޭގެ އެންމެ މަގުބޫލު ދެ މޮބައިލް ގޭމް ކަމަށްވާ، ޕަބްޖީ މޮބައިލް އާއި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) ގައި ވާދަކުރުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ. މުޅިން އޮންލައިންކޮށް ބާއްވާ މުބާރާތުގައި ޕަބްޖީ އާއި މޮބައިލް ލެޖެންޑްސް ގޭމަށް މުޅިއެކު 20،000ރ. (ވިހި ހާސް ރުފިޔާ) ގެ އިނާމު ޕޫލެއް ކަނޑައަޅާފައިވެއެވެ.
1 ވަނަ އިނާމު: 5000ރ. (ފަސް ހާސް ރުފިޔާ)
2 ވަނަ އިނާމު: 3000ރ. (ތިން ހާސް ރުފިޔާ)
3 ވަނަ އިނާމު: 2000ރ. (ދެ ހާސް ރުފިޔާ)
މި މުބާރާތާއެކު، ރިސޯޓް ކޮމިއުނިޓީތަކުގެ މެދުގައި ވާދަވެރި ގޭމިންގ އަށް ޝައުގުވެރިކަން އިތުރުވެ، އެކުވެރިކަމާއި ޓީމްވޯކް އަދި ޑިޖިޓަލް އެންގޭޖްމަންޓް އިތުރުކުރުމަކީ އުރީދޫގެ އަމާޒެކެވެ. މިފަދަ ގޭމިންގ މުބާރާތްތަކުގެ ޒަރިއްޔާއިން ރިސޯޓް މުވައްޒަފުން ޒަމާނުއްސުރެ މަސައްކަތްކުރަމުން އަންނަ ހޮސްޕިޓާލިޓީ މާހައުލުން ބޭރުން އެ މުވައްޒަފުންގެ ހުނަރާއި، އުފެއްދުންތެރިކަމާއި ކުޅިވަރުގެ ހުނަރު ދައްކުވައިދޭނެ ކަމަށް ވެސް އުރީދޫން ބުނެ އެވެ.
މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތާއި، ރަޖިސްޓްރީކުރުމުގެ މަޢުލޫމާތުގެ އިތުރުން ލައިވް ކަވަރޭޖް ވެސް އުރީދޫ ނޭޝަންގެ ސޯޝަލް މީޑިއާ އިން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.