ENGLISH

10 މޭ 2025

Advertisement

ޙަމްނާ އަށް ފެތުމުގެ ޤައުމީ ރެކޯޑެއް

16 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

އޭޝިއަން ގޭމްސްގެ ސްވިމިންގ އިވެންޓްގެ ތެރެއިން. --ފޮޓޯ: އެމްއޯސީ

ރާއްޖޭގެ ޤައުމީ ސްވިމިންގ ޓީމުގައި ހިމެނޭ ޙަމްނާ އަހުމަދު ފެތުމުގެ ޤައުމީ ރެކޯޑެއް އާކޮށްފިއެވެ.

ހަންގޭރީގައި މިހާރު ކުރިއަށްދާ އެ ގައުމުގެ 127 ވަނަ ނޭޝަނަލް ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ ޙަމްނާ ވަނީ އަންހެނުންގެ ލޯންގކޯސް 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުން ޤައުމީ ރެކޯޑެއް އާކޮށްފައެވެ.

ޙަމްނާ މި ރެކޯޑް އާކޮށްފައިވަނީ، 01:23.38 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

ކުރިން މި ރެކޯޑް އޮންނަނީ، އައިޝަތު ސާޖިނާ އަތުގައެވެ. އެއީ، މީގެ ނުވަ އަހަރުކުރީން، 2016 ވަނަ އަހަރު ބޭއްވުނު ސައުތު އޭޝިއަން އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި 01:24.65 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މީގެކުރީން، މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ވެސް ޙަމްނާ ވަނީ ފެތުމުގެ ދެ އިވެންޓެއްގައި ޤައުމީ ރެކޯޑް އާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު