ENGLISH
26 އޭޕްރީލު 2025
މިފްކޯގެ ބިޔަ މަޝްރޫއަށް ޕްރޮޖެކްޓް ޕްރޮކިއުމަންޓް ސްޕެޝަލިސްޓެއް ހޯދުމަށް އިއުލާނުކޮށްފި
15 އޭޕްރީލު 2025
|
ހުޅުމާލެ ފަޅުގައި ބަނދަރުކޮށްފައި ހުރި ކަންނަލި ދޯނި ތަކެއް: މިފްކޯ އިން މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 35 މެޓްރިކް ޓަނުގެ އެކްސްޕޯޓް ރެޑީ ޕްރޮސެސިން ފެސިލިޓީއެއް ގާއިމުކުރާނެ-- ފޮޓޯ/އެމްއެމްޓީވީ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ހިންގަން ނިންމާފައިވާ "މޯލްޑިވްސް ފިޝް ސެކްޓާ ކެޕޭސިޓީ ސްޓްރެންތެނިންގް ޕްރޮޖެކްޓް"އަށް ޕްރޮޖެކްޓް ޕްރޮކިއުމަންޓް ސްޕެޝަލިސްޓެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
އެ ކުންފުނިން މިއަދު ގެޒެޓުގައި ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި މިއީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިއެސްޑީބީ) އާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ 70.42 މިލިއަން ޑޮލަރު (ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ.
މި މަޝްރޫއަށް ހޯދުމަށް އިއުލާނުކޮށްފައި ވަނީ އައިއެސްޑީބީގެ ގައިޑްލައިންތަކާއި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮޖެކްޓުގެ ޕްރޮކިއުމަންޓާ ގުޅުންހުރި ހުރިހާ ކަމެއް ބެލެހެެއްޓޭނެ، އައިއެސްޑީބީގެ މެންބަރު ގައުމުތަކުން ޝަރުތު ހަމަވާ ފަރާތެކެވެ.
ފަނަރަ މަސް ދުވަހުގެ މުއްދަތަށް މި ޕްރޮޖެކްޓަށް ނަގާ ޕްރޮކިއުމަންޓް ސްޕެޝަލިސްޓުގެ ހުންނަން ޖެހޭ ޝަރުތުތައް ގެޒެޓުގައިވާ އިއުލާނުގައި ހިމަނާފައިވެއެވެ. މިކަމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން ލަސްވެގެން މި މަހުގެ 28 ވަނަ ދުވަހު ސީވީ އާއި ލިޔެކިޔުން ހުށަހަޅަން ޖެހެއެވެ.
މި މަޝްެރޫއުގައި ހިންގުމަށް ނިންމާފައިވާ ބައެއް މަސައްކަތްތައް:
މިފްކޯއިން ބުނީ ހުޅުމާލެ ޕްރޮޖެކްޓަކީ މުޅި މަޝްރޫއުގެ އެންމެ ހާއްސަ ޕްރޮޖެޓްކަމަށާއި ބައިންއަގުވާމީ މިންގަނޑުތަކަށް ފަރުމާކޮށްފައިވާ ހުޅުމާލެ ފެސިލިޓީގެ ސަބަބުން މަސްވެރިކަމުގެ ދާއިރާގައި ވެލިއު އެޑިޝަން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ.
މިފްކޯއިން ބުނީ މަސްވެރިންނަށް އެޑްވާންސް ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކުރުމާއި މިފްކޯގެ މުވައްޒަފުންނަށް ތަމްރީނާއި ތަރައްގީގެ ޕްރޮގްރާމުތައް ހިންގުން ވެސް މި މަޝްރޫއުގައި ހިމެނޭ ކަމަށެވެ.
މިފްކޯއިން ބުނީ މުޅި މަޝްރޫއުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، އެ ދާއިރާގެ އުފެއްދުންތެރިކަން އިތުރުވެ ރާއްޖޭގެ އިގްތިސާދަށް ފައިދާކުރާނެއެވެ.