ENGLISH
26 މޭ 2026
ދިވެހި ޙައްޖާޖީންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގެން، ފަސްޓްލޭޑީ ޙައްޖު ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފި
26 މޭ 2026
|
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު, ޙައްޖު ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދިވެހި ޙައްޖާޖީންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެ ދިވެހި ކޮންމެ އަޚަކާއި އުޚްތަކަށް، އަދި މުޅި އިސްލާމީ އުންމަތަށް މި ބަރަކާތްތެރި ޙައްޖު ދުވަހުގެ އަޖުރާއި ރަޙްމަތް އެންމެ ހެޔޮގޮތުގައި ދެއްވުން އެދި ދުޢާ ކުރައްވާފަ އެވެ.
މި އަހަރުގެ ޙައްޖު ދުވަހަކީ މާދަމާ އެެވެ. ޙައްޖު ދުވަހަކީ ދުނިޔެމައްޗަށް އިރުއަރާ އެންމެ ހެޔޮ ދުވަހެވެ.
މި ދުވަހު ޙައްޖުވެރީން އަރަފާތު ބިމަށް ޖަމާވާނެ އެވެ. އަދި މެންދުރު ނަމާދާއި އަސުރު ނަމާދު ކުުރުމަށް ފަހު އިރުއޮއްސުމާއި ހަމައަށް ދުޢާކުރުމާއި ގުރުޢާން ކިޔެވުމާއި ޒިކުރު ކުރުމުގައި ދެމިތިބޭނެ އެވެ.
ޙައްޖަށް ދިއުމުގެ ފުރުސަތު ނުލިބޭ މީހުން މި ދުވަހު ރޯދައަށް ހުރުމަކީ ވަރަށް މާތް އަޅުކަމެވެ. މިއީ ދެ އަހަރު ދުވަހުގެ ކުށްފާފަތަކުގެ ކައްފާރާއެއް ކަމުގައި ވުމަށް އުންމީދު ކުރައްވާ ކަމުގައި ނަބިއްޔާ ހަދީޡް ކުރައްވާފައިވެ އެވެ.