ENGLISH

09 މޭ 2025

Advertisement

ގްރީން އެޓޯލްސް ކެމްޕޭނަށް ފޮޓޯ އާއި ވީޑީއޯ ހުށަހެޅުމުގެ ފުރުސަތު އެމްއެމްޕީއާރުސީން ހުޅުވާލައިފި

15 އޭޕްރީލު 2025

|

އަހުމަދު ސައީދު

ފަރެއްގައި ކަހަނބެއް ފީނަނީ: "ގްރީން އެޓޯލްސް" ކެމްޕޭނަށް ވަރަށް ގިނަ ދާއިރާތަކުން ފޮޓޯ އާއި ވީޑިއޯ ހުށަހެޅޭ-- ފޮޓޯ/ ލަގްޒަރީއެސްކޭޕް

މޯލްޑިވްސް މާކެޓިން އެންޑް ޕްބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހިންގަން ނިނާމަފައިވާ "ގްރީން އެޓޯލަސް" ކެމްޕޭނަށް ފޮޓޯ އާއި ވީޑިއޯ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެމްޕީއާރުސީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވާ ގޮތުގައި ދެމެހެެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއަށް ގެންދިއުމަށް ހިިންގޭ ކަންކަމާއި، ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ރީތިކަން އިޝްތިހާރު ކުރުމަށް ހިންގަން ނިންމާފައިވާ ކެމްޕޭނު ކުރިއަށް ގެންދާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެމްއެމްޕީއާރުސީން ބުނި ގޮތުގައި މިއީ ޓޫރިޒަމް އިންޑަސްޓްރީން ތިމާވެއްޓާއި ދިރުންތަކަށް ދޭ މުހިންމުކަން، ސަމާލުކަމަށް ގެނައުމަށް ހިންގަން ނިންމާފައިވާ ކެމްޕޭނެކެވެ.

ރާއްޖޭގެ ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ބައިނަލް އަގުވާމީ ފަރާތްތަކުގެ ޝައުގުވެރިކަން އިތުރުކުމުގެ އިތުރުން ފޮޓޯ އާއި ވީޑިއޯ ލައިބްރަރީ މުއްސަނދި ކުރުމަކީ ވެސް ކެމްޕޭނުގެ ބޭނުމެއް ކަމަށް އެމްއެމްޕީއަރުސީން ބުނެއެވެ. އެމްއެމްޕީއާރުސީން އެދިފައިވަނީ ހައި ކޮލިޓީ ފޮޓޯ، ރީލްސް އަދި ވީޑިއޯ ހުށަހެޅުމަށެވެ. 

ކޮންޓެންޓް ހުށަހަޅަންވީ ދާއިރާތައް:

  • ކަނޑާއި ކަނޑުގެ ދިރުންތައް
  • މުރަކަ އިންދުމާއި އާލާކުރުން
  • ކަނޑޫފަލުގައި ހެދޭ ގަސްތަކާއި މޫދުވިނައިގެ އިކޯސިސްޓަމް
  • ތިމާވެއްޓާއި ރަހުމަތްތެރިކޮށް ފަތުރުވެރިންނަށް ހިންގޭ ހަރަކާތްތައް
  • ރާއްޖޭގެ ވައިލްޑްލައިފް
  • ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުން ދެމެހެއްޓެނިވި ގޮތެއްގައި ކުރާ ކަންކަން 

މި ކެންޕޭނަށް ފޮޓޯ އާއި ވީޑިއޯ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ ނިޔަލަށެވެ. ފޮޓޯ އާ ވީޑިއޯ ފޮނުވަން ޖެހެނީ [email protected] އީމެއިލް އަށެވެ. 

އެމްއެމްޕީއާރުސީން ބުނި ގޮތުގައި މި ކެމްޕޭނުގެ ސަބަބުން މަގުބޫލު މަންޒިލެއްގެ މަގާމު ދެމެހެއްޓުމާއި ތަފާތު ދާއިރާތަކުގެ ފަތުރުވެރިންގެ ޝަގުރުވެރިން ރާއްޖެއަށް ލިބުމާއި ވިޒިޓް މޯލްޑިވްސްގެ ނެޓްވޯކުގައި، ކެމްޕޭނުގައި ބައިވެރިވާ ފަރާތްތަކުގެ ވިސިބިލިޓީ އިތުރުވެގެންދާނެ އެވެ. 

ކިޔުންތެރިންގެ ހިޔާލު