ENGLISH
16 އޭޕްރީލު 2025
ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ކުންފުނިތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑް ކުރަނީ
14 އޭޕްރީލު 2025
|
އޮޕަރޭޝަނެއްގައި އަތުލައިގަތް ބިދޭސީންތަކެއް -- ފައިލްފޮޓޯ
ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ކުންފުނިތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑް ކުރަން ނިންމައިފި އެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން މިރޭ ބުނީ އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާދޭ ބައެއް ފަރާތްތަކުގެ ނަންމަތީގައި ރާއްޖެ ގެނެސްފައިވާ ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް އަޕްޑޭޓްކޮށް އަދާހަމަކޮށްފައިނުވާ ކަމަށް އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެން ކަމުން މި މަހުގެ ނިޔަލަށް ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތަކުގެ ބަޔޯމެޓްރިކްސް އަޕްޑޭޓްކޮށް ނިންމުމަށް ވަނީ އަންގައިފަ އެވެ.
އަދި ބަޔޯމެޓްރިކްސް އަޕްޑޭޓް ކުރެވިފައިނުވާ ބިދޭސީންގެ ހާލަތު (ވޯރކް ޕަރމިޓް ސްޓޭޓަސް) މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހިއްސާކުރުމަށް ވެސް ވަނީ އަންގާފަ އެވެ.
ހޯމް ލޭންޑް މިނިސްޓްރީން ބުނީ މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއް ނެތި ބަޔޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާ ވަޒީފާދޭ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލާނެ ކަމަށެވެ.
ބިދޭސީންގެ މައްސަލަ ހައްލުުކޮށް ބިދޭސީން ޤަވާއިދަށް ފެއްތުމަށް ސަރުކާރުން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.