ENGLISH
16 އޭޕްރީލު 2025
ރައީސްގެ އިސްނެންގެވުމަށް އެއްގަމު ދަތުރުފަތުރުގެ ޤަވާއިދުތަކަށް ހޭލުންތެރިކުރުވުމަށް ޤައުމީ ކެމްޕެއިނެއް ފައްޓަވަނީ
14 އޭޕްރީލު 2025
|
އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާ
އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެ ޝާމިލުވާގޮތަށް ޤައުމީ ކެމްޕެއިނެއް ފެއްޓެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އާދިއްތާ ދުވަހު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.
މި ކެމްޕެއިން ކުރިއަށްދާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އެހީތެރިކަމާއެކުގަ އެވެ.
އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް ޤައުމީ ކެމްޕެއިނެއް ފެއްޓެވުމަށް ސަރުކާރުން ނިންމެވިއިރު މަގުމަތީގެ އެކްސިޑެންޓްތައް މަދުކުރުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކްސިޑެންޓްތަކުގައި މީހުން ނިޔާވާ މިންވަރު ދަނީ އިތުރުވަމުންނެވެ.
އިހަކަށް ދުވަހު ވެސް އައްޑޫ ލިންކު ރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކު ނިޔާވި އެވެ.