ENGLISH

16 އޭޕްރީލު 2025

Advertisement

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް އުއްދޫއަށް މާދަމައިން ފެށިގެން ދަތުރުދެވޭނެ

14 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

ދ. އުއްދޫ..ފޮޓޯ: އެމްވީ ޕްލަސް

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މާދަމާއިން ފެށިގެން ދ. އުއްދޫ މީހުން ދަތުރުދާ ރަށެއްގެ ގޮތުގައި ހުޅުވާލާނެކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނެފިއެވެ.

މިއަދު އެ މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނީ އުއްދޫއަށް ދަތުރުދެވޭނީ ހުކުރު، ހޮނިހިރު އަދި ސަރުކާރު ބަންދު ދުވަސްތަކުގައި ހެނދުނު 6 އިން ހަވީރު 6 އަށް ކަމަށެވެ. އެ މިނިސްޓްރީން ވަނީ އެރަށަށް ދަތުރުދާ ރައްޔިތުން އެރަށް ސާފުތާހިރުކަމާއެކު ބޭއްވުމަށް އިލްތިމާސްކޮށްފައެވެ. އަދި ކަނޑައެޅިފައިވާ ޤަވައިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

ދަތުރުދާ ފަރާތްތަކުން ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަން ބޭނުންނަމަ އެކަން ހިއްސާކުރުމަށްޓަކައި 9108899 ނުވަތަ 7777848 ނަންބަރަށް ގުޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ދ. އުއްދޫއަކީ ދަތުރުދާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވީ ރައީސް މިދިޔަ ފެބްރުއަރީގައި އެމަނިކުފާނު ދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅެއްގައި އެ އަތޮޅު މީދޫއަށް ވަޑައިގެން ރައްޔިތުންނާ މުޚާތަބު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު