ENGLISH

16 އޭޕްރީލު 2025

Advertisement

ހުޅުމާލެއިން ވަގަށް ނެގި ކާރެއް ހޯދާ ވެރިފަރާތާ ހަވާލުކޮށްފި

14 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ފުލުހަކު މަގުމަތީ ޑިއުޓީ ކުރަނީ -- ފައިލްފޮޓޯ

ހުޅުމާލޭގައި ޕާކުކޮށްފައި އޮއްވައި ވަގަށްނެގި ކާރެއް ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ރޭ 11:50 އެހައިކަންހާއިރު ހުޅުމާލެ ފިތުރޯނު މަގުގައި ކާރު ޕާކުކުރުމަށް ފަހު، 1:15 އެހައިކަންކާއިރު ކާރަށް އަރަންދިޔައިރު، ޕާކުކުރި ތަނުގައި ކާރު ނެތް ކަމަށާ ކާރުތެރޭގައި ތަޅުދަނޑި (ރިމޯޓު) ބޭއްވިފައިވާ ކަމަށް ބުނެ ރޭ ފުލުހުންނަށް މައްސަލަ ހުށަހައަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ސީސީޓީވީ ކެމެރާ ފުޓޭޖު ބެލިބެލުމުން، އަންހެނަކާއި ފިރިހެނަކު އެ ކާރަށް އަރައިގެންދާ މަންޒަރު ފެނިފައިވާ ކަމަށާ އަދި ކާރު އޮތް ސަރަހައްދު ދެނެގަނެ ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން ކާރުގައި އެއްވެސް މީހަކު ނެތްކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކާރުގެ ވެރިފަރާތް އެ ސަރަހައްދަށް ހާޒިރުކޮށް، ވެރިފަރާތުގެ ހާޒިރުގައި ކާރު ޗެކުކުރިއިރު ކާރަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ކާރުތެރޭގައި ބާއްވާފައި އޮތް ރިމޯޓު ނެތް ކަމަށް ބުންޏެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށް ވެސް ބުންޏެވެ. އަދި ބުނީ މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު