ENGLISH
08 ޖުލައި 2025
ހުޅުމާލޭގައި 400 ހައުސިން ޔުނިޓް އެޅުމަށް ސައުދީ ފަންޑުން 25 މިލިއަން ޑޮލަރު ދީފި
14 އޭޕްރީލު 2025
|
ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް ލޯނު ފަންޑިންގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 400 އެފޯޑަބަލް ހައުސިންގ ޔުނިޓްގެ މަޝްރޫޢު ފެށުން
ސައުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓް ލޯނު ފަންޑިންގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 400 އެފޯޑަބަލް ހައުސިންގ ޔުނިޓްގެ މަޝްރޫޢު ރަސްމީކޮށް ފައްޓަވައިފި އެވެ.
މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫޢު ރަސްމީކޮށް ފައްޓަވައި ދެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އޮފް ސައުދީ ފަންޑް، ސުލްތާން ބިން އަބްދުލްރަޙްމާން އަލް-މަރްޝަދް އަދި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މުސާ ޒަމީރު އެވެ.
ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުއަށް ސައުދީފަންޑްފޮރޑިވެލޮޕްމަންޓުން 25 މިިއަން ޑޮލަރު ވަނީ ދީފަ އެވެ.
މި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިންގ ޑައިރެކްޓަރ މައުރޫފް ޖަމީލް އާއި ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓާއި ދަޢުލަތުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ސަރުކާރުން ބުނީ މި މަޝްރޫޢު ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވަޢުދުފުޅު ކަމަށްވާ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިކޮށްދެއްވުމުގެ ސިޔާސަތުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެއް މަޝްރޫޢުއަށް ކަމަށެވެ.
މި މަޝްރޫޢުގެ މިހާރު ކުރިއަށް ދަނީ ކޮންސަލްޓަންސީ ފަރމްއެއް ހޮވުމުގެ މަރުޙަލާ އެވެ. އަދި މި އަހަރުގެ ފަހު ކުއާޓަރު ގައި ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.