ENGLISH

08 ޖުލައި 2025

Advertisement

ތުރުކީ ދަތުރަކީ ސިއްރެއް ނޫން، ބުހުތާނު ދޮގު ލިޔުންތަކުން ވާނެ ފައިދާއެއްވެސް ނޯންނާނެ: މިނިސްޓަރު ސައީދު

14 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު

ތުރުކީ ދަތުރަކީ ސިއްރެއް ނޫން ކަމަށާ ބުހުތާނު ދޮގު ލިޔުންތަކުން ވާނެ ފައިދާއެއްވެސް ނޯންނާނެ ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު, ބައެއް ނޫސްތަކުން ފަތުރާ ދޮގު ވާހަކަތަކަށް ރައްދު ދެއްވައިފި އެވެ.

މިނިސްޓަރު މި މޭރުމުން ރައްދު ދެއްވީ މިސައިލުތަކެއް ތުރުކީން ގަންނަން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާއި މިނިސްޓަރު ސައީދު ތުރުކީއަށް ކުރައްވާ ދަތުރުފުޅާ ގުޅުވާ ދައްކަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.

އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންލިބޭ ފަދަ ލިޔުންތައް ޕަބްލިޝްކުރުމާ، ފަތުރުވެރިކަން ބޯއިކޮޓްކުރުމުގެ ސަގާފަތަށް އަލުން އަނބުރާ ދާކަށް އެކަކުވެސް ނޭދޭނެ ކަމަށެވެ. އަދި ވިދާޅުވީ ބުހުތާނު ދޮގު ލިޔުންތަކުން ވާނެ ފައިދާއެއްވެސް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު ތުރުކީވިލާތަށް ފުރީ ކީއްވެކަން މިނިސްޓްރީއިން އެއޮތީ ވިދާޅުވެފައި," ތުރުކީ ދަތުރަކީ ސިއްރެއް ނޫންކަން ފާޙަގަ ކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ތުރުކީއަށް ރަސްމީ ދަތުރުފުޅެއް ފެއްޓެވިކަން އިކޮނޮމިކް މިނިސްޓްރީން ވަނީ ހާމަކުރައްވާފަ އެވެ. މި ދަތުރުފުޅުގައި ރާއްޖެ އާއި ތުރުކީއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރައްވާ އިންވެސްޓްމަންޓްގެ އާ ފުރުސަތުތައް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު