ENGLISH

08 ޖުލައި 2025

Advertisement

ލަސްތަކާ އެކު ނަމަވެސް ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމުގެ މަސައްކަތް ދަނީ ކުރިއަށް: އަމީން

14 އޭޕްރީލު 2025

|

އިސްމާއީލް ރާތިއު

ދަތުރުފަތުރާބެހޭ ވަޒީރު މުޙައްމަދު އަމީން-- ފޮޓޯ: ރައީސް އޮފީސް

ލަސްތަކާ އެކު ނަމަވެސް ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމުގެ މަސައްކަތް ކުރިއަށްދާކަމަށް ދަތުރުފަތުރާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް އަލުން ފެށުމަށް ހަމަޖެހިފައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގޮސްފައިވީ ނަމަވެސް ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެއްތުމަށްޓަކައި ޕްރޮޕޯސަލަށް ބައެއް ބަދަލުގެންނަންޖެހޭ ކަމަށެވެ.

ދަތުރުފަތުރާބެހޭ ވުޒާރާއިންވަނީ ރާއްޖޭގައި މި ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް މިދިޔަ އަހަރުގެ އޮގަސްޓު މަހު އިއުލާނު ކޮށްފައެވެ. އަދި ވުޒާރާއިން އޭރު ބުނެފައިވަނީ ޚިދުމަތް ދޭނެ ފަރާތެއް ހޮވާނީ އީއޯއައި ހުށަހަޅާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ދިނުމަށްފަހު، ހުށަހަޅާފައިވާ ބިޑުތަކަށް ބެލުމަށްފަހުގައި ކަމަށެވެ.

އެންމެ ފުރަތަމަ މި މަސައްކަތް ފެށިއިރާއި މިހާރު ބައެއް ކަންކަން ކުރަމުން އަންނަ ގޮތް ތަފާތުކަން ފާހަގަކުރައްވާ، ވަޒީރު ވިދާޅުވީ މިހާރު ބައެއް ކަންކަމުގައި އަމަލުކުރާ ގޮތްތަކަށް ބަދަލު އައިސްފައިވާ ކަމަށެވެ. އަދި މިކަމުގައި ދަތިތަކެއް ހުރިނަމަވެސް މަސައްކަތް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް ޚިދުމަތް ފެށޭނެ ވަކި ތާރީހެއް ވިދާޅުވެފައެއް ނުވެއެވެ.

މީގެ ކުރިން ވަޒީރުވަނީ ހުސްވި މާރިޗު މަހުގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފެށޭނެކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު