ENGLISH

08 ޖުލައި 2025

Advertisement

މެމްބަރުން ޗުއްޓީގެ ދެބައިކުޅަ އެއްބައި ހޭދަކުރީ މަސައްކަތުގައި: ފަލާހު

14 އޭޕްރީލު 2025

|

އުމްނާ އިސްމާޢީލް

މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ލިބުނު ޗުއްޓީތަކުގެ ދެ ބައި ކުޅަ އެއްބައި ދުވަސްތައް މެމްބަރުން ހޭދަކުރެއްވީ މަސައްކަތުގައި ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްެޖެ އެވެ.

ފަލާހު މިފަދައިން ވިދާޅުވީ، މި މަޖިލީހުގެ މެމްބަރުން މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްްބަރުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން ނެވެ.

ފަލާހު ގަބޫލުކުރައްވާގޮތުގައި ހިނގަމުންދާ 20 ވަނަ މަޖިލީހުން މިހާތަނަށް ކޮށްފައިވަނީ ގައުމަށް ފައިދާހުރި ބޭނުންތެރި މަސައްކަތްތަކެވެ. އަދި ގާނޫނުތަކަށް މުހިއްމު އިސްލާހުތަކެއް ގެނެސް ބޭނުންތެރި ގާނޫނުތައް ތައާރަފްކުރެވުނުކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ މިދިޔަ އަހަރުގެ މެއި މަހު މެމްބަރުކަމުގެ ހުވާކުރެއްވިފަހުން މެމްބަރުން ނެންގެވި ދެ ޗުއްޓީގައިި ވެސް ގިނަ ވަގުތު ހޭދަކުރެއްވީ މަޖިލީހުގެ މަސައްކަތްތަކުގައި ކަމަށެވެ.

" ލިބުނު ދެ ޗުއްޓީގައި ވެސް އަޅުގަނޑުމެން ވާނީ ޗުއްޓީގެ ދެ ބައި ކުޅަ އެއްބައި. މި މަޖިލީހުގައި މަސައްކަތް ހުރީމާ މަސައްކަތް ކޮށްފަ. ޗުއްޓީގެ 50% މަސައްކަތް ކޮށްފަ ވާނީ. " ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ އިދިކޮޅުން ނިމުނު 19 ވަނަ މަޖިލީހުގައި "ކުޑަކުދިން ކުޅޭއިރު ގެންނަ ކަހަލަ އިސްލާހުތައް" ގެނައި ނަމަވެސް، މި މަޖިލީހުން އެއާ ޚިލާފަށް ކުރަމުންދަނީ ގައުމަށް ލާބަޔާއި މަންފާ ލިބޭ ކަހަލަ މަސައްކަތްތަކެއް ކަމަށެވެ.

" މި ގައުމަށް ފައިދާހުރި ރައްޔިތުންނަށް ފައިދާހުރި ގައުމަށް ލާބަޔާއި މަންފާހުރި އިސްލާހުތަކެއް އަޅުގަނޑުމެން ގެންނަމުންދަނީ. އެމްޑީޕީން 1 ވަނަ މަޖިލީހުން ގެނައި އިސްލާހުތަކަކީ ހަމަ ކުޑަކުދިން އެއްކަލަ ކުޅޭއިރު ގެންނަ އިސްލާހުތަކެއް.." ފަލާހު ވިދާޅުވި އެވެ.  

ކިޔުންތެރިންގެ ހިޔާލު