ENGLISH
08 ޖުލައި 2025
އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލުގެ މަސައްކަތް ކޮމިޓީން މިއަދު ނިންމަނީ
14 އޭޕްރީލު 2025
|
މިއަދުގެ 241 ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ މަޖިލީސް)
އިޒްރޭލު ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެއަށް އެތެރެނުވެވޭ ގޮތް ހެދުމަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް މިއަދު ނިންމާލާނެ ކަމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ބުނެފި އެވެ.
މަޖިލީހުގެ 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުން ބާއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ އިދިކޮޅު އެމްޑީޕީގެ މެމްބަރު މީކާއިލު އަހުމަދު ނަސީމް އިމިގްރޭޝަންގެ ގާނޫނަށް މިދިޔަ އަހަރުގެ މެއި މަހު ހުށަހެއްޅުއްވި އިސްލާހާ ގުޅޭގޮތުން މަޝްވަރާކުރުމަށެވެ.
މީކާއީލްގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ އިމިގްރޭޝަން ގާނޫނުގެ 8 ވަނަ މާއްދާ އަށެވެ. މި މާއްދާއަށް އޭނާ ހުށަހެޅުއްވީ އިޒްރާއީލްގެ ޕާސްޕޯޓު ގެންގުޅޭ މީހުން ރާއްޖެ އެތެރެވުމުގެ ހުއްދަނެތް މީހުންގެ ތެރޭގައިި ހިމެނުމަށެވެ. އޭގެތެރޭގައި އިޒްރޭލު ޕާސްޕޯޓުގެ އިތުރުން އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުން ވެސް ހިމެނެ އެވެ.
ދުވަސްތަކަކަށް ފަހު މި ބިލު ދިރާސާކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން ވަނީ އެ ބިލާ ގުޅިގެން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ ހުށަހެޅުއްވުމަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. ޝާހިދު ހުށަހެޅުއްވީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދުމާ ހަމަޔަށް އިޒްރޭލު ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެއަށް އެތެރެނުވެވޭ ގޮތް ހެދުމަށެވެ.
"މިކަމުގަ ދިވެހިރާއްޖޭގެ ރައްޔިތުންގެ ވަރަށް ގިނަ ކަންބޮޑުވުންތަކެއް ވެސް އެބަހުރި. މިހާހިސާބަށް އައިއިރު އަޅުގަނޑު ހުށަހަޅާލަން ބޭނުންވޭ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދުމާ ހަމަޔަށް ޕާސްޕޯޓު، އިޒްރޭލުގެ ޕާސްޕޯޓުގަ ރާއްޖެ އަށް އެެއްވެސް ފަރާތަކަށް އެތެރެވިޔަ ނުދީ މަނާކުރުމަށް އަޅުގަނޑު މި ކޮމިޓީއަށް ހަމަ ހުށަހަޅަން." ޝާހިދު ވިދާޅުވި އެވެ.
އެ ހުށަހެޅުއްވުމާ ގުޅިގެން މެމްބަރުން ނުރަސްމީކޮށް ގާތްގަނޑަކަށް 20 މިނެޓުގެ މަޝްވަރާކުރެއްވި އެވެ. އެ ބައްދަލުވުން ނިންމަވާލެއްވުމުގެ ކުރިން ވާހަކަދައްކަވަމުން ކޮމިޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމާ މެދު ދެބަސްވުމެއް ނެތް ނަމަވެސް އެ ބިލުގެ ބައެއް ކަންކަމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، އެކަންކަމާ ގުޅިގެން އެ އޮފީހުގެ ބޭފުޅުންނާ އެކު މިއަދު މެންދުރު ފަހު 2 ގައި މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވަވާނެ ކަމަށް ވިދާޅުވި އެވެ.
"މިކަހަލަ ކުޑަ ތައާރަޒްވުމެއް، ދައުލަތުގެ މައްސަލައިގައި ކުޑަ މައްސަލައެއް އުޅޭތީ އަޅުގަނޑުމެން ބަންޑާރަނައިބާއި އަދި އަޅުގަނޑުމެން މަޝްވަރާކޮށްފަ 2 ޖަހާއިރު ކޮމިޓީ ބާއްވާ ގޮތަށް." ބައްދަލުވުން ނިންމަވާލައްވަމުން ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ އެ ބައްދަލުވުމަށްފަހު ބިލުގެ މަސައްކަތް ވެސް މިއަދު ނިންމާލެވޭނެ ކަމަށެވެ.