ENGLISH
08 ޖުލައި 2025
އަޒަރުބައިޖާނަށް ނޮޮން-ރެޒިޑެންޓް ސަފީރެއް ކަނޑައަޅަން ފާސްކޮށްފި
14 އޭޕްރީލު 2025
|
ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް (ފޮޓޯ/ ރައީސް އޮފީސް)
ދިވެހި ރާއްޖެއިން އަޒަރުބައިޖާނަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުގެ މަގާމަށް ތުރުކީގައި ހުންނަވާ ދިވެހި ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކުރީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. އެ މަގާމަށް ސަފީރު އަބްދުއްރަހީމް ހަމަޖެއްސެވުމަށްޓަކައި އޭނާގެ ނަން ރައިސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ. އެ މައްސަލަ ދިރާސާކުރީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނެވެ.
ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓަށް މިއަދު ނެގުނު ވޯޓުގައި ސަފީރަށް ރުހުންދެއްވުމަށް 66 މެމްބަރުން ވޯޓު ދެއްވި އެވެ.
ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައިވާ ފުރަތަމަ ރެޒިޑެންޓް ސަފީރު އަބްދުއްރަހީމަކީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުވެސް މީގެކުރިން ފުރުއްވާފައިވާ އަސްކަރީ ދާއިރާގެ އެކި މަގާމުތަކުގައި 39 އަހަރަށް ވުރެ ގިނަ އަހަރު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.
މީގެއިތުރުން، ތިން ގައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރެއްވުމަށް ރައީސް މަޖިލީހަށް ފޮނުއްވި މައްސަލަ ތަޅުމުގައި އިއުލާނުކޮށް މިއަދު ކޮމިޓީއަށް ފޮނުވާލާފައިވެ އެވެ. ރައީސް މަޖިލީހަށް ހުށަހެޅުއްވީ:
މި މައްސަލަތައް ވެސް ދިރާސާކުރާނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނެވެ.