ENGLISH
08 ޖުލައި 2025
ދަރިވަރުން ސްކޫލަށް ދާ ވަގުތުތަކަށް ވެހިކަަލް ދުއްވާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި
14 އޭޕްރީލު 2025
|
ޣިޔާޘުއްދީން ސްކޫލަށް އިއްޔެ ހެނދުނު ދަރިވަރުން ދިޔަ ގަޑި: ފުލުހުން އިލްތިމާސް ކޮށްފައިވަނީ ބެލެނިވެރިން ވެސް ސަމާލުކަން ދޭން ޖެހޭ ކަންތައްތަކެއް-- ފޮޓޯ/އެމްއެމްޓީވީ
ދަރިވަރުން ސްކޫލަށް ދާ ވަގުތުތަކުގައި ވެހިކަލް ދުއްވާ ހުރިހާ ފަރާތްތަކުން ޓްރެފިކަށް ސަމާލުކަން ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސް ކޮށްފިއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިންސްޕެކްޓާ އޮފް ފޮލިސް އިސްމާއިލް ރާފިޢު އަދި ސަބް އިންސްޕެކްޓާރ އޮފް ޕޮލިސް ޙުސައިން އަޞްލަހު ވިދާޅުވީ މިދިޔަ ހަފުތާގައި ދިރާސީ އަހަރުގެ ކިޔެވުން ފެށުމާ ދިމާކޮށް މާލެ އާއި ހުޅުމާލޭގެ ސްކޫލްތައް ހިމެނޭ މަގުތަކަކީ ދަރިވަރުންނަށް ރައްކާތެރި މަގުތަކަށް ހެދުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
މިގޮތުން ސްކޫލް ހިމެނޭ ސަރަހައްދުތަކުގެ މަގުތަކުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ނެގުމާއި މާލޭ ސިޓީ ކައުންސިލާ ގުޅިގެން ޓްރެފިކް ނިޝާންތައް އާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސްކޫލް ހިމެނޭ ސަރަހައްދުތަކުގައި ވެހިކަލް ދުއްވުމުގައި ސަމާލުކަން ދެންވީ ކަންކަން:
ޙުސައިން ވިދާޅުވި ގޮތުގައި ޗާންދަނީމަގަކީ ދެ ސްކޫލެއް ހުންނަ މަގަކަށްވާއިރު ސްކޫލް ގަޑިއާ އޮފީސްތަކުގެ ބްރޭކް ގަޑި ދިމާވާއިރު، އޮއީސްތަކުގެ ބޭފުޅުން ޗާނދަނީމަގު ބޭނުން ނުކުރެއްވުމަކީ ވެސް އެދެވިގެންވާ ކަމެކެވެ. އޭނާ ވިދާޅުވީ ޗާނދަނީމަގުގެ އިތުރުން މާލޭގައި އެންމެ ބާރުބޮޑުވަނީ، ތިން ސްކޫލެއް ހުންނަ އަމީނީމަގުގައި ކަމަށެވެ. އެ މަގަށް ބާރުބޮޑުވަނީ ގިނަ ބެލެނިވެރިން ހަތަރު ފުރޮޅުލީ ވެކިހަލްގައި ވަޑައިގަންނަވާތީކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ކަމަކީ ޣިޔާޘުއްދީން، ބިލަބޮންގް ސްކޫލް، މި ސްކޫލްތަކަށް ހަތަރު ފުރޮޅުލީ އުޅަނދުގައި ދަރިވަރުން ގޮވައިގެން ދުރުވާ ބެލެނިވެރިން ގިނައީ، އެހެންވީމަ އެ މަގަށް ވަރަށް ބާރުބޮޑުވޭ،" އޭނާ ވިދާޅުވިއެވެ.
ހުސެއިން ވިދާޅުވީ ޣިޔާޘުއްދީން ސްކޫލަށް ކާރުގައި ވަޑައިގަންނަވާ ބެލެނިވެރިން އެ ސްކޫލުގެ ހުޅަނގަށް އޮންނަ މާފަތްތަކުރުފާނުމަގުގެ އިރުމަތީ ފަރާތުގައި ކިއު ތަރުތީބަކުން އަމަލުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ބޮޑެތި ސްކޫލްތައް ހުންނަ ސަހައްދުތަކުގެ އިތުރުން އަމިއްލަ ސްކޫލްތައް ހިންގާ މަގުތަކުގައި ވެސް ޕޭވްމަންޓަށް ވާގޮތަށް ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ނުކުރުމާއި ސްކޫލް ދަރިވަރުންނަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.