ENGLISH
01 ނޮވެމްބަރު 2025
ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސް: ރައީސް
14 އޭޕްރީލު 2025
|
 
          ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ އަހަރެއް، ދަހަރެއް، ސައްތައެއް، ސާސްކަފެއް ވެސް ދިވެހީން ކަޑައްތުކުރާނީ ދިވެހިބަހަށް އިސްކަންދެމުން ކަމަށެވެ.
ޒަމާނުގެ ކޮންމެ ފުރޮޅުމަކާއި ކުރިއެރުމަކާއި ފައިހަމަކުރަމުން، ދިވެހިބަސް ދިރެމުން އާލާވަމުން ދިއުމުގެ ފޮނި އުންމީދުތަކާ އެކު ދިވެހިބަހުގެ ދުވަހުގެ ހެޔޮ އެދުންތައް ރައީސް ވަނީ އަރިސްކުރައްވައިފަ އެވެ.
މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ދިވެހިބަހުގެ އެކެޑެމީން ކަނޑައަޅުއްވާފައިވަނީ "އިސްކުރާނީ ދިވެހިބަސް" މި ޝިޢާރެވެ. ދިވެހި ބަހުގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 2005 ވަނަ އަހަރު އެވެ.
ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އެޕްެރީލް މަހުގެ 14 ވަނަ ދުވަހެވެ. އެއީ ރާއްޖޭގެ މަޝްހޫރު އަދީބު ޝައިޚު ޙުސައިން ޞަލާހުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ދުވަހާ ގުޅުވައިގެންނެވެ.
 
                       
                       
                      