ENGLISH
15 އޭޕްރީލު 2025
މަޑުލު ވަހީދަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީޚު ދުށް ކުޅަދާނަ ލިޔުންތެރިއެއް؛ ރައީސް
14 އޭޕްރީލު 2025
|
މަޑުލު ވަހީދަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީޚު ދުށް ކުޅަދާނަ ލިޔުންތެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ދިވެހި ބަހާއި ތާރީޚަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރެއްވި މަޑުލު މުހައްމަދު ވަހީދު އަވަހާރަވުމުން އެކްސްގައި ކުރެއްވި ތައުޒިޔާ ޕޯސްޓެއްގައިއެވެ.
މި ޕޯސްޓުގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މަޑުލު ވަހީދު އަވަހާރަވި ހަބަރު އެ މަނިކުފާނު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
މަޑުލު ވަހީދަށް ވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ވަނަ އަހަރު ޝަރަފްވެރިކަމުގެ ގައުމީ އިނާމު ސަރުކާރުން ދެއްވައިފައެވެ. އަދި އެ އަހަރު ވަނީ ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ހާސިލް ކުރައްވައިފައެވެ.
ސަރުކާރަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މަޑުލު ވަހީދަކީ ނޫސްވެރިކަމުގެ ދާއިރާ އިން ވެސް ވަރަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ބޭރު ޚަބަރުތައް ދިވެހި ބަހަށް ތަރުޖަމާ ކުރައްވައި ދިވެހި ރާއްޖޭގެ މަޑުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ގެނެސްދެއްވާފައިވެ އެވެ.
ރައީސް ވަނީ ނިންމާލަމުން މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މާތްﷲ މިންވަރުކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވަން ދުއާކޮށްފައެވެ.