ENGLISH

15 އޭޕްރީލު 2025

Advertisement

މަޑުލު ވަހީދު އަވަހާރަވެއްޖެ

14 އޭޕްރީލު 2025

|

ހަސަން އާމިރު

މަޑުލު މުހައްމަދު ވަހީދު

ދިވެހި ބަހާއި ތާރީޚަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރެއްވި މަޑުލު މުހައްމަދު ވަހީދު މިއަދު އަވަހާރަވެއްޖެ އެވެ.

ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ވަހީދު އަވަހާރަވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 77 އަހަރެވެ.

މަޑުލު ވަހީދަށް ވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ވަނަ އަހަރު ޝަރަފްވެރިކަމުގެ ގައުމީ އިނާމު ސަރުކާރުން ދެއްވައިފައެވެ. އަދި އެ އަހަރު ވަނީ ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ހާސިލް ކުރައްވައިފައެވެ.

ސަރުކާރަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މަޑުލު ވަހީދަކީ ނޫސްވެރިކަމުގެ ދާއިރާ އިން ވެސް ވަރަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ބޭރު ޚަބަރުތައް ދިވެހި ބަހަށް ތަރުޖަމާ ކުރައްވައި ދިވެހި ރާއްޖޭގެ މަޑުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ގެނެސްދެއްވާފައިވެ އެވެ. 

މަޑުލު ވަހީދަކީ ރާއްޖޭގައި ވާހަކަ ލިޔުމަށް މަޝްހޫރު ބޭފުޅެކެވެ. އޭނާގެ ވަރަށް ގިނަ ކުރު ވާހަކަ އަދި ދިގު ވާހަކަތައް ވަނީ ޝާއިއު ކުރައްވައިފަ އެވެ.

ހއ. ހޯރަފުއްޓަން އުފަން ވަހީދު، ދިވެހި ބަހުގެ ލިޔުންތެރިކަމުގެ ދާއިރާ އަށް ވަދެވަޑައިގަތީ އޭނާގެ މަދަރުސީ ދުވަސްވަރު އެވެ. ލިޔުންތަކުގައި ވަހީދު އޭރު ބޭނުންކުރެއްވީ ހޯރަފުށީ ވަހީދުގެ ނަމެވެ.

ކިޔުންތެރިންގެ ހިޔާލު