ENGLISH

15 އޭޕްރީލު 2025

Advertisement

ކުޅުދުއްފުއްޓަށް ޑުރަގު އެތެރެކުރި މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

13 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

ކުޅުދުއްފުށީ ކޯޓު.. ފޮޓޯ: ކުޅުދުއްފުށި.ކޮމް

ކުޅުދުއްފުށްޓަކަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރު ދުވަހަށް ޖަލަށްލާން އެ ސިޓީގެ މެޖިސްޓްރޭޓު ކޯޓުން ހުކުމްކޮށްފިއެވެ. 

އެކޯޓުން ޢުމުރަށް ޖަލަށް ލާން ހުކުމްކޮށްފައިވަނީ މ. މުލި، ފެހިވިނަ، އަޙްމަދު އަޙްސަންގެ މައްޗަށެވެ. އެއީ ޑައިމޯފިން ޓްރެފިކިންގެ މައްސަލައެއްގައެވެ.

މި ދަޢުވާ ކުރާ ސަބަބެއްގެ ގޮތުގައި ދަޢުވާ ހުށަހަޅަމުން ދައުލަތުން ބުނެފައިވަނީ، މާލެއާއި ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއްގައި ގެންދިޔަ ކަރުދާސް ދެ ފޮށިގަނޑަކާ ހަވާލުވީ ފަހުން އަޙްސަން ހުއްޓުވައި ފާސްކުރުމުގެ ތެރެއިން އެއިން މަސްތުވާތަކެތި ފެނިފައިވާތީ ކަމަށެވެ.

މަސްތުވާތަކެތި ފޮރުވާފައިހުރީ ޕޮޓެއްގައި އިންދާފައި ހުރި ގަހެއްގެ މޫގަނޑުގެ ތެރޭގައި އޮތް ކޮތަޅެއްގައެވެ. އެ ކޮތަޅުން 51.15 ގްރާމްގެ ޑައިމޯފިން ފެނިފައިވާ ކަމަށް ތަހުލީލު ރިޕޯޓްގައިވެ އެވެ. އެހެންވެ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެ މީހާގެ މައްޗަށް އުފުލުއިރު، އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

މި މައްސަލައިގައި ކޯޓުގެ ގާޒީ މުހައްމަދު އިސްމާއިލް ކުރެއްވި ހުކުމްގައި ބުނެފައިވަނީ، މައްސަލާގައި ހެކިން ދީފައިވާ ހެކިބަހަށް ބަލާއިރު، މަސްތުވާތަކެތި ފެނުނު ފޮށިގަނޑު ބޯޓަށް ބަލައި ގޮސްފައިވަނީ ދައުވާ ލިބޭ މީހާކަން ސާބިތުވާ ކަމަށާއި ފުލުހުން އޭނާ ހުއްޓުވިއިރު އެ ފޮށިގަނޑު އޮތީ އޭނާގެ އަތުގައިކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އަދި ފޮށިގަނޑުގައި ޖަހާފައިވާ ނަންބަރާއި ދަޢުވާ ލިބޭ ފަރާތާ ގިނަ މުޢާމަލާތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، ޝައްކެއްނެތް މިންވަރަށް އޭނާގެ މައްޗަށް ދަޢުވާ ސާބިތުވާކަމަށް ނިންމައި، ޢުމުރަށް ޖަލަށް ލާން ހުކުމްކުރިއެވެ. މީގެ އިތުރުން، 100،000ރ އިން ޖޫރިމަނާކޮށް އެފައިސާ 12 މަސް ދުވަސް ތެރޭގައި ދައުލަތަށް ދޭން އެންގިއެވެ.

ކިޔުންތެރިންގެ ހިޔާލު